ކަރަންޓުގެ ހިދުމަތް ދިނުމަށް އިތުރު ޖަނަރޭޓަރެއް ތިނަދޫއަށް ގެންގޮސްފި

(ގދ.ތިނަދޫ) މި ރަށަށް ކަރަންޓުގެ ހިދުމަތް ދިނުމަށް އިތުރު ޖަނަރޭޓަރެއް ގެނެސްފިއެވެ.
1.4 މެގަވޯޓުގެ މި ޖަނަރޭޓަރު މި ރަށަށް ގެނެސްފައިވަނީ މިއަދު ހެނދުނު ކަމަށްވާއިރު، މިހާރު މި ޖަނަރޭޓަރު ވަނީ ބަނދަރަށް ބާލާފައެވެ. އަދި ހަވީރު ހަތަރެއް ޖަހާއިރު، މި ޖަނަރޭޓަރު އިންޖީނު ގެއަށް ގެންދާނެ ކަމަށް، ފެނަކަ ކޯޕަރޭޝަނުގެ އޮފިޝަލަކު ވިދާޅުވިއެވެ.
1.4 މެގަވޯޓުގެ ޖަނަރޭޓަރެއް މިއަދު މިރަށަށް ގެނެސްފައިވާއިރު، މިދިޔަ ހުކުރު ދުވަހު ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީން ވަނީ މި ރަށަށް އެއް މެގަވޯޓުގެ ދެ ޖަނަރޭޓަރު ފޮނުވާފައެވެ. އެ ދެ ޖަނަރޭޓަރުގެ އެހީގައި، މިދިޔަ ހޮނިހިރު ދުވަހު މި ރަށަށް ވަނީ ކަރަންޓުގެ ހިދުމަތްދޭން ފަށާފައެވެ.
މިރަށު އިންޖީނުގޭގައި އަލިފާން ރޯވި ހާދިސާގައި 22 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާއިރު އެތަނުގައި އަލިފާން ރޯވި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ