ކިރިގިސްތާންގެ ސްޓޭމްޕެއްގައި ވެސް ދަގަނޑޭގެ ފޮޓޯ!

ކިރިގިސްތާންގެ ސްޓޭމްޕެއްގައި ދިވެހި ފުޓްބޯޅައިގެ ރަސްގެފާނު އަލީ އަޝްފާގް (ދަގަނޑޭ)ގެ ފޮޓޯއެއް ޖަހައިފިއެވެ.
މި ސްޓޭމްޕް ހިމަނާފައި ވަނީ 2014 ވަނަ އަހަރު ކިރިގިސްތާންގެ ގައުމީ ފުޓްބޯޅަ އިދާރާއިން ތައްޔާރު ކުރި ސްޓޭމްޕް ސެޓުގައެވެ. އަދި އެ ސްޓޭމްޕްގައި ދަގަނޑޭގެ ފޮޓޯގެ އިތުރުން ކިރިގިސްތާންގެ ގައުމީ ޓީމުގެ ކުޅުންތެރިއަކު ވެސް ފެނެއެވެ. މި ސްޓޭމްޕަށް ދީފައިވާ ނަމަކީ" ކާކު އެންމެ ދުވެލި އަވަހީ" މިހެންނެވެ.
މުވާސަލާތުކުރުމާއި އިޖުތިމާއީ ގުޅުން ދައްކުވައިދޭގޮތަށް ފަރުމާކޮށްފައިވާ، ދިވެހި ފައިސާގެ ފަސް ރުފިޔާގެ އާ ނޫޓު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މިއަދު ތައާރަފްކުރިއިރު، އެނޫޓުގައި ވެސް ވަނީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގުގެ މޫނު ނުފެންނަ ގޮތަށް އޭނާގެ ފޮޓޯ ޖަހާފައެވެ.
މިއީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ފުޓްބޯޅަ ހުނަރު ދައްކައިދޭ ފޮޓޯއެއްގެ ކުރެހުން ދިވެހި ފައިސާގެ ނޫޓެއްގައި ހިމެނުނު ފުރަތަމަ ފަހަރެވެ. އަދި މިހާތަނަށް އެއްވެސް ކުޅުންތެރިއެއްގެ ސިފަ އެނގޭ ގޮތަށް ދިވެހި ފައިސާގެ ނޫޓެއްގައި މިނޫނީ ހިމަނާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
ސަރަހައްދީ މުބާރާތް ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި އެންމެ ގިނަ ގޯލު ކާމިޔާބުކޮށް ރާއްޖެއިން 2008 ވަނަ އަހަރު އެ މުބާރާތް ކާމިޔާބުކުރި ފުރަތަމަ އަހަރުވެސް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދާފައިވަނީ ދަގަނޑޭއެވެ.
ދިވެހި ފުޓްބޯޅައިގެ ތާޖު އުމުރުން 32 އަހަރުގެ ދަނގަޑޭ ފިޔަވައި ދޭނެ އެހެން ކުޅުންތެރިއަކު މިވަގުތު މިގަމުގައި އަދި ނެތްއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެފަދަ ކުޅުންތެރިއަކު ދެން ފެނުމަކީ ވެސް ދުރުކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ