ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އޭޝިއާގެ މަންޒިލަކަށް ރާއްޖެ

އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ ހޮވިއްޖެ އެވެ.
ރާއްޖެއިން މިއަހަރު މި އެވޯޑް ހޯދާފައިވަނީ އޭޝިއާއާ މެދުއިރުމަތީގެ ފަސް ގައުމެއް ކަމުގައިވާ ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ)އާއި ޖަޕާނާއި ވިއެޓްނާމާއި ތައިލެންޑާއި އަދި ބޫޓާނާ ވާދަކޮށެވެ.
އިންޑިއާގެ ޓްރެވަލް މެގަޒިން، އައުޓްލުކް ޓްރެވެލާ އިން ދޭ މި އެވޯޑަށް ރާއްޖެ ހޮވުނުއިރު ރާއްޖޭގެ ރަށްތަކާއި މޫދުގެ ރީތި ކަމަށާ ހަނީމޫން ހޭދަކޮށްލަން ބޭނުންވާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ރާއްޖޭގައި އެބައޮތް ކަމަށް ބުނެ ތައުރީފުކޮށްފައިވެ އެވެ.
އިންޑިއާގެ އެންމެ ބޮޑު އެއް މީޑިއާ ހައުސް، އައުޓްލުކް ގްރޫޕުން ނެރޭ އައުޓްލުކް ޓްރެވެލާ އަކީ އިންޑިއާގައި އެންމެ ގިނަ މީހުން ކިޔާ ޓްރެވަލް މެގަޒިނެވެ.
އޭޝިއާ ސަރަހައްދުގެ އެންމެ މަގުބޫލް މަންޒިލަކަށް ރާއްޖެ ހޮވިފައިވާއިރު، މިސަރަހައްދުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ