ރައްޔިތުން ރައީސް ޔާމީންގެ ފަހަތްޕުޅުގައި ތިބުމަށް ރައީސް މައުމޫން އެދިވަޑައިގެންފި

ޤައުމުގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި ރައްޔިތުން ރައީސް ޔާމީންގެ ފަހަތްޕުޅުގައި ތިބުމަށް ރައީސް މައުމޫން އެދިވަޑައިގެންފި އެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގެންފައިވަނީ ނަޞްރުގެ ދުވަހާއި ގުޅުވައިގެން ކުރައްވަވާފައިވާ ޓްވީޓެއްގައެވެ.
"27 ވަނަ ނަޞްރުގެ ދުވަސް ފާހަގަކުރަމުން ގެންދާއިރު ޤައުމަގެ ސަލާމަތާއި ރައްކައުތެރިކަން ހިމާޔަތްމަށްޓަކައި މުޅިޤައުމު ގުޅި ލާމެހި އޮންނަންވާނީ ރައީސުލްޖުމްހޫރިއްޔާގެ ފަހަތްޕުޅުގައި."
ރައީސް މައުމޫން ވަނީ ނަޞްރުގެ ދުވަހުގެ ތަހްނިޔާ ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވިދާޅުވެ ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ދާއިމަށް ހިމާޔަތްކޮށްދެއްވެވުން އެދިވަޑައިގެން ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވައިފައެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް އުދުވާނީ ހަމަލާ ކުރިމަތިވިއިރު ޤައުމުގެ ޑިފެންސް މިނިސްޓަރުކަމުގެ މަޤާމުވެސް އަދާކުރެއްވެވީ އެއިރުގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ