ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ، މެމްބަރުކަމުން ވަކިވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޕީޕީއެމްގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާ ޤާނޫނީ ވަކީލު އަސްޢަދު ޝަރީފެވެ.
ޔައުގޫބުގެ މެމްބަރުކަމުގެ ސައްހަ ކަމާއިމެދު ގާނޫނީ ވަކީލުން ސުވާލު އުފައްދާފައިވަ ވަނީ އޭނާ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިޤާލީ ކައުންސިލުގެ މެންބަރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ.
ޤާނޫނު އަސާސީގެ 73 ވަނަ މާއްދާ ބުނާ ގޮތުން ޤާނޫނުއަސާސީ ގައި ކަނޑައަޅައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެމަޤާމުގައި ހުރެ ދައުލަތުގެ ވަޒީފާތަކުން ކުރެ ވަޒީފާއެއް އަދާކޮށްގެނެއް ނުވާނެ އެވެ.
މިމައްސަލައިގައި ގިނަ ވަކީލުން ވިދާޅުވެފައިވަނީ ޔައުގޫބުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ. މައްސަލަ ހޫނުވެ ޔައުގޫބު ވަނީ ފަހުން މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެހެންނަމަވެސް މަޤާމާ ހަވާލުވެވަޑައިގެން މަޤާމުގެ ފަތްކޮޅާވެސް ޔަޢުޤޫބު ހަވާލުވެވަޑައިގެންނެވި އެވެ.
ޔައުގޫބުގެ މެންބަރުކަމާއި މެދު ބައެއް ވަކީލުން ސުވާލު އުފައްދަން ފެށުމުން ޔައުގޫބު ވިދާޅުވީ އެ މަގާމުގައި ނުހުރެވޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި ނަމަވެސް ލަފާ ދެއްވި ވަކީލުންގެ ހިޔާލުތައް ތަފާތުވުމުން އެ އިދާރާއިން ވަކިވާން ނިންމެވީ ކަމަށެވެ.
މީގެ ކުރިން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މިހާރު ލީޑަރު އަލީ އާޒިމާއި ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒްގެ މެމްބަރު ކަމުގެ މައްސަލައެއްވެސް ހަލީމް ހުށަހެޅުއްވި އެވެ. އެމައްސަލަ ހުށަހެޅުއްވީ އެ ދެ މެމްބަރުން ގެރެންޓީ ދެއްވި ލޯނަކަށް ފައިސާ ނުދެއްކުމުން އެ ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ އެވެ. އެ މައްސަލަ ބެލުމަށް ފަހު އޮކްޓޫބަރު 2013 ގައި ސުޕްރީމް ކޯޓުން ނިންމީ އެ ދެ ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.
ޔައުގޫބުގެ މެމްބަރުކަމުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ