މަސްތުވާތަކެއްޗާއި ވައްކަން އިތުރުވާތީ، ކަމަދޫ ރައްޔިތުން ކައުންސިލް އިދާރާދޮށަށް އެއްވެއްޖެ

މަސްތުވާތަކެއްޗާއި ވައްކަން ހުއްޓުވައިދިނުމަށް ކަމަދޫ ރައްޔިތުން ކައުންސިލް އިދާރާ ދޮށުގައިބ. ކަމަދޫގައި މަސްތުވާތަކެއްޗާއި ވައްކަން އިތުރުވާތީ، އެކަން ހުއްޓުވައިދިނުމަށް  ގޮވާލައި، އެރަށު ރައްޔިތުން ކައުންސިލު އިދާރާ ކައިރިއަށް އެއްވެއްޖެ އެވެ.
ކަމަދޫން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި މިރޭ 8:00 ހާއިރުން ފެށިގެން އެއްވި މީހުން ޑިމާންޑް ކުރަނީ މިކަންކަން ހުއްޓުވުމަށް އެރަގައި ފުލުހުން ބައި ތިއްބުމަށެވެ.
“ރައްޔިތުންގެ 90 ޕަސެންޓް މިތާ (ކައުންސިލް އިދާރާ ކައިރި) މިތިބީ. މިއީ މިރަށުގައި މަސްތުވާ ތަކެއްޗާއި ވައްކަން ގިނަވެ. މަގުމަތީގައި ފާޅުކަން ބޮޑު ގޮތެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މިކަންކަން ނުހުއްޓުވޭތީ ރައްޔިތުން ނުކުތީ، ރައްޔިތުން ޑިމާންޑް ކުރަނީ މިރަށުގައި ފުލުހުން ތިއްބައިގެން އަމަން އަމާންކަން ގާއިމުކޮށްދިނުމަށް،”
ފަހަކަށް އައިސް
މަސްތުވާތަކެތީގައި މައްސަލަތަކުގައި އެރަށުން ހައްޔަރުކުރާ މީހުންވެސް އަންނަނީ
އިތުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ