ކަރަންޓުގެ ހިދުމަތަށް ހައްލެއް ބޭނުންވެފައި – ކައުންސިލްގެ ރައީސް

ރޭގެ ވަގުތެއްގައި ވައިކަރަދޫގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑުނު މައްސަލައާއި މެދު ވައިކަރަދޫ ކައުންސިލްގެ ރައީސް، އަހުމަދު ނަސީމުގެ އަމިއްލަ ފޭސްބުކް އެކައުންޓް ހިޔާލުފާޅު ކުރައްވައިފިއެވެ.
ކައުންސިލްގެ ރައީސް، އަހުމަދު ނަސީމް ފޭސްބުލްގަ އިއްޔެ ފާޅުކުރި ހިޔާލުގައި ބުނެފައިވަނީ  ވައިކަރަދޫގެ ކަރަންޓުގެ މައްސަލަ އިންތިހާއައް ބޮޑުވެފައިވާކަމަށާއި އަދި މިކަމަށް އަވަސް ހައްލެއް ބޭނުންވާކަމަށް ނަސީމް ބުނެފައިވެއެވެ.
އަދި މީގެ އިތުރުން މިރޭ ވައިކަރަދޫ ބަނދަރުގައި ހުރި ބައްތިތަކާއި މަގުބައްތިތައް ނުދިއްލި ރަށުތެރެ އަނދިރި ވެފައިވާކަމަށްވެސް ހާމަ ކޮށްފައިވެއެވެ.
އިއްޔެ ހަވީރުގެ ވަގުތެއްގައިވެސް ވަނީ ވައިކަރަދޫގެ ހުރިހާ ސަރައްހަދަކުން ކަރަންޓުގެ ހިދުމަތް ކެނޑިފައެވެ. ނަމަވެސް އާންމުން ދިރިއުޅޭ ގެތަކަށް ވަނީ ކަރަންޓުގެ ހިދުމަތް ދީފައެވެ.
ވައިކަރަދޫގައި ބައެއްދުވަސް ދުވަހު ދޭތެރެ ދޭތެރެއިން ކަރަންޓުގެ ހިދުމަތް ކެނޑުމަކީ އާންމުކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ