ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން ވާދަކުރާނެ ކެންޑިޑޭޓެއް ނެތް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު އިދިކޮޅު ފަރާތްތަކުން ނެރެން ބުނި ކެންޑިޑޭޓަކު ނުދެއްކުނު ކަމަށާއި އެހެން ކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް ޤާސިމް އިބްރާހީމް ގެ އެޑުވައިޒަރު އުމަރު ނަސީރު ވަނީ ބުނެފައެވެ.
އެހެންކަމުން އުމަރު ވެގެންދާނި ރައީސް ޔާމީން ފިޔަވައި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވި ފުރަތަމަ ބޭފުޅާއަށެވެ.
މީޑިޔާއަކަށް މަޢުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ، ޖޭޕީން ކެންޑިޑޭޓަކު ނެރޭ ކަމަށްވާނަމަ އޭނާ ވާދައެއް ނުކުރާނެ ކަމަށާ އެގޮތުން ފާއިތުވި އަހަރު ތަކެކޭ އެއްފަދައިން ޖޭޕީން މިއަހަރުގެ އިންތިކާބުގައިވެސް އަމިއްލަ ފައިމައްޗަށް ތެދުވެ އިނތިކާބުގައި ހިނގަން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ 2008ގައިވެސް އަދި 2013ގައިވެސް ޖޭޕީން އިންތޚާބުގައި އުޅުނީ އަމިއްލައަށް ކަމަށާ އެހެންވީމާ 20118ގައިވެސް ޖޭޕީއަށް އަމިއްލަ އަށް ހިނގެންވާނެ ކަމަށެވެ.
އުމަރު ވިދާޅުވީ ރިޔާސީ ކޮންމެ އިންތިޚާބެއްގައި ވެސް ޕީޕީއެމާއި، އެމްޑީޕީގެ އިތުރަށް ތިންވަނަ ޕާޓީއެއް ނުވަތަ ތިންވަނަ މެންބަރެއް ހުންނާނެ ކަމަށެވެ.
އެގޮތުން ފާއިތުވި އިންތިޚާބު ތަކަށް ބަލާއިރު ތިންވަނަ ފަރާތަކަށް ވެފައިވަނީ ވެސް ޖޭޕީ ކަމަށްވުމުން މިފަހަރުވެސް ތިންވަނަ ފަރާތަކަށްވާނީ އެޕާޓީކަން ފާހަގަކުރަމުން އުމަރު ވިދާޅުވީ އެހެންވީމާ އޭނާ މަސައްކަތް ކުރާނީ ޖޭޕީން ޕްރައިމަރީއެއް ބާއްވާ ކަމަށްވާނަމަ އޭގައި ބައިވެރިވެގެން ތިންވަނަ ފަރާތަކީ ޚުދު އޭނަ އަމިއްލައަށް ވުމަށް ކަމަށެވެ.
އެހެން ނަމަވެސް ޖޭޕީއާ ގުޅިވަޑައިގަތުމަށް މީގެ ކުރިން އުމަރު ވިދާޅުވަމުންއައީ އޭނާ މަސައްކަތް ކުރައްވާނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ވާދަ ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ކެންޑިޑޭޓެއް އިދިކޮޅުގައި ނެތް – އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ