ތިމަރަފުށި ދާއިރާއަށް އިންތިހާބުވެ ވަޑައިގެންނެވި ޝަރީފު މެމްބަރު ކަމުގެ ހުވާ ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ގޮނޑިއަށް އިންތިހާބުވެ ވަޑައިގެންނެވި ތ.ތިމަރަފުށި މާލޭގެ އަހުމަދު ޝަރީފް މެމްބަރު ކަމުގެ ހުވާ މިއަދު ހެނދުނު ކުރައްވައިފިއެވެ.
ޝަރީފު މެމްބަރުކަމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ހެނދުނު 8:45 ގައި ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ. އަދި ހުވައިލައިދެއްވީ ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފްއެވެ.
މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު އާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އާއި އަދި މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ