މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެ

މާލޭގެ ބޮޑު ސަރަހައްދަކުން މިރޭ ކަރަންޓް ދިޔަ ކަމަށާއި އަދިވެސް ބައެއް ސަރަހައްދުތަކަށްކަރަންޓް ނުދޭވޭ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ކަރަންޓް ކަނޑައިގެން ދިޔައީ ޖަނަރޭޓަރުތަކަށް ލޯޑް ބޮޑުވެގެން ކަމަށާއި ކަރަންޓް ދިޔަ ތިން ސަރަހައްދަކަށް އަދިވެސް ކަރަންޓް ނުދެވޭ ކަމަށެވެ.
"[ނަމަވެސް] އެ ސަރަހައްދު ތަކަށް ވެސް މާ ލަހެއް ނުވެ ކަރަންޓް ދެވޭނެ،" އޭނާ ވިދާޅުވި އެވެ.
މިރޭ ކަރަންޓް ކަނޑައިގެން ދިޔަ އިމާރާތްތަކުގެ ތެރޭގައި ޖަސްޓިސް ބިލްޑިންގެ ވެސް ހިމެނެ އެވެ. އެ އިމާރާތުން ކަރަންޓް ދިއުމުން، ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ކުރިއަށް ގެންދަނީ އުއްބައްތި އަލީގަ އެވެ.
ސްޓެލްކޯގެ އޮފިޝަލް ވިދާޅުވީ ޖަނަރޭޓަރުތަކުގެ މަސައްކަތެއް ކުރާތީވެ، މިރޭ ވެސް އަދި މާދަމާ ވެސް ކަރަންޓް ކަނޑައިގެން ހިނގައިދާނެ ކަމަށެވެ. އަދި މަތީ ކަރަންޓް ބޭނުންވާ ސާމާނު ބޭނުން ނުކުރުމަށް އިލްތިމާސްކުރެއްވި އެވެ.
"އަދި ލޯޑް މާބޮޑުވަންޏާ ކަރަންޓް ކަނޑާލަން ވެސް ޖެހިދާނެ. ނަމަވެސް މިރޭ ސްޓެލްކޯއިން އެއްވެސް ސަރަހައްދެއްގެ ކަރަންޓް ކަނޑާނުލަން،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ