ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓު އެޅުމަށް، ސީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމުން، އެކި ފަރާތްތަކުގެ އަތުން ބޮޑު ޢަދަދުތަކުން ފައިސާ ނަގާ ހައުސިންގ ޔުނިޓްތައް އަޅައިނުދީ މަކަރާއި ޙީލަތް ހަދާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، ވ. ތިނަދޫ އަހުމަދު މޫސާ މުހައްމަދު ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފިއެވެ.
އަހުމަދު މޫސާ އަހުމަދު ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެދޭން ފުލުހުން އެދިފައިވާނެ ކަމަށް މީގެކުރިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. އިންޓަޕޯލްގެ ވެބްސައިޓުގައި މިހާރު ވަނީ އޭނާގެ މައުލޫމާތު އާންމުކޮށްފައެވެ.
ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ކުރިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރެޑް ނޯޓިސްއަކީ ބައިނަލްއަގުވާމީ ލޯ އެންފޯސްމަންޓްތަކުގެ އެހީއާއެކު މީހެއް ހޯދުމަށް ނެރޭ ނޯޓިސްއެއް ކަމަށާއި، އެންމެފަހުން ރިކުއިސްޓް ކޮށްފައި ވާނީ ވ. ތިނަދޫ ރެޑް ހައުސް ހޯދުމަށް ރެޑްނޯޓިސް ނެރެދިނުމަށް ކަމަށެވެ. އަދި އެ ނޯޓިސް ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.
ސީލައިފް އަހުމަދު މޫސާ ހޯދަން ރެޑް ނޯޓިސް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ