ހިތުގެ ޑޮކްޓަރުގެ ލަފަޔަށް ރައީސް ޔާމީން 24 ގަޑި އިރަށް އެޑްމިޓް ކޮށްފި

ހިތުގެ ޑޮކްޓަރުގެ އިރުޝާދަށް ޖަލު ބަންދެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އައިޖީއެމްއެޗް ގައި އެޑްމިޓް ކޮށްފި އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން މިރޭ "ސަން" ވިދާޅުވީ ޑޮކްޓަރަށް ދެއްކުމަށް ރައީސް ޔާމީން މިއަދު އިރުއޮސުނު އިރު، އައިޖީއެމްއެޗަށް ގެނެވިފައިވާ ކަމަށެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖަލުގެ ހިތުގެ ޑޮކްޓަރުގެ އިރުޝާދުގެ މަތިން 24 ގަޑިއިރަށް ރައީސް ޔާމީން މިރޭ 6:30 އެހާކަށް ހާއިރު ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ. ރައީސް ޔާމީން މިއަދު ހަވީރު އައިޖީއެމްއެޗަށް ގެނެވިފައިވާ އިރު، މިދިޔަ މަހު 20 ވަނަ ދުވަހު ވެސް އެމަނިކުފާނު ބޮޑީ ޗެކަޕެއް ހެދުމަށް އައިޖީއެމްއެޗަށް ވަނީ ގެނެވިފައިވެ. ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން އެމަނިކުފާނުގެ ޝަރީއަތް ނިމެންދެން މިދިޔަ މަހު 18 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ގެ ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދުގައި ބަހައްޓަން ނެރުނު އަމުރު މިހާރު ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ