އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންޠިހާބުގައި މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވާ މެމްބަރު މުހައްމަދު އަމީތުގެ ކެމްޕެއިނަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު މީދޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އަމީތުގެ ކެމްޕެއިން ޓީމުން މަޢުލޫމާތު ދޭ ގޮތުގައި ނައިބު ރައީސް ފައިސަލް ބައިވެރިވެވަޑައިގެން މިރޭ ބާއްވާ ޖަލްސާގައި އަމީތުގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކުރުން އޮންނާނެއެވެ. އަމީތުގެ ކެމްޕެއިންގައި ސަރުކާރުގެ އިސް ފަރާތްތަކުން ބައިވެރިވަމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ހެލްތް މިނިސްޓަރާއި، ޓޫރިޒަމް މިނިސްޓަރު އަދި އެންވައިރުމެންޓު މިނިސްޓަރުވެސް ބައިވެރިވަޑައިގެންފައިވެއެވެ.
ނިމިގެންމިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް މަޑުއްވަރީ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ މެމްބަރު އަމީތުވަނީ ދާއިރާއަށް އެކި ކަހަލަ ތަރައްޤީ ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.
މެމްބަރު އަމީތުގެ ކެމްޕެއިނަށް ނައިބު ރައީސް ފައިސަލް މިއަދު މީދޫއަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ