އިންޑިއާގެ ޓުޓިކޮރިންގައި ހުއްޓާ އަހުމަދު އަދީބު ހައްޔަރުކޮށްފި
އިންޑިއާގެ ޓޫޓިކޮރިންގައި ހުއްޓާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އިންޑިއާއަށް ވަޑައިގެންފައި ވަނީ މީގެ ތިން ދުވަސް ކުރިންނެވެ. އަހުމަދު އަދީބު އިންޑިއާއަށް އެތެރެވެފައިވަނީ ޓަގް ބޯޓެއްގެ ކުރޫއެއްގެ ގޮތުގައި ކަމަށް މައުލޫމާތު ލިބެއެވެ. އަދީބު އިންޑިއާއަށް ދަތުރު ކުރީ ސްނޯޝިޕިން އިން އެޖެންޓްކަން ކުރާ ވިރުގާ 9 ނަމަކަށް ކިޔާ ޓަގު ބޯޓެއްގައެވެ. އެގޮތުން ޓުޓިކޮރިންގައި ހުއްޓާ އަދީބު ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ކުރީގެ ނައިބް ރައީސް އަހުމަދު އިންޑިއާއިން ހައްޔަރުކޮށްފައިވާއިރު އަދީބުގެ މައްޗަށް ތުހުމަތު ކުރެވުނު ގިނަ މައްސަލަތަކެއްގެ ސަބަބުން ކުރިއަށް ގެންދިޔަ ޝަރީއަތްތަކަށްފަހު 33 އަހަރުގެ ޖަލު ހުކުމެއްކޮށް ޖަލަށްލާފައި ވަނިކޮށް މި ސަރުކާރުން ވަނީ އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމްތައް ބާތިލްކޮށް މިނިވަންކޮށްފައެވެ. އެހެން ނަމަވެސް ސުޕްރީން ކޯޓުގެ އަމުރަކާއި ގުޅިގެން އޭނާގެ ޕާސް ޕޯޓް ވަނީ ހިފަހައްޓާފައެވެ. މި ކަމާގުޅިގެން ދިވެހި ފުލުހުން ވަކި އެއްޗެއް އަދި މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ