މޮނީޓަރިންނަށް ލުމާއި ގުޅިގެން ފިޔަވަޅުތައް ވަރުގަދަކޮށްފި

ކުޅުދުއްފުށި ސިޓީގައި ކޮވިޑް ކޭސްތައް އިތުރުވަމުން އަންނާތީ، މިއަދު މޮނީތަރިންގެ ހާލަތަށް ގެނައުމާއި ގުޅިގެން އިތުރަށް ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.
ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ މި ހާލަތުގައި ޒަރޫރީ ބޭނުންތަކަށް ފިޔަވާ ގެއިން ބޭރަށް ނުނިކުތުމަށާއި އެއްގެއިން އަނެއްގެއަށް ޒިޔާރާތްކުރުން ހުއްޓާލުމަށް އެދިފައެވެ.
އަދި އާންމު މައިދާންތަކާއި ޕާކުތަކަށް އެއްވެއުޅުން ހުއްޓާލުމަށާއި އެއްފަހަރާ 3 މީހުންނަށް ވުރެ ގިނަމީހުން މަގުމައްޗަށާއި އާންމުތަންތަނަށް އެއްވެ އުޅުން ހުއްޓާލުމަށްވެސް އެދިފައިވެއެވެ.
މީގެ އިތުރުން ކޮމިއުނިޓީ ޖިމާއި ބެޑްމިންޓަން ކޯޓު ބަންދުކުރެވިފައިވާތީ އެތަންތަން ބޭނުންކުުރުން ހުއްޓާލުމަށާއި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ގިނަ މީހުން ބައިވެރިވެގެން ކުރިއަށް ގެންދާ ކަސްރަތު ހަރަކާތްތައް ހުއްޓާލުމުގެ އިތުރުން ފިހާރަތަކުން ހިދުމަތް ލިބިގަންނައިރު އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނަށް ސަމާލުވުމަށްވެސް ކައުންސިލުން އިލްތިމާސްކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ