ފޮރިން މިނިސްޓަރު ޑރ. އަބްދުއް ސަމަދު އަބްދުﷲ އަކީ ދިވެހި ޤައުމަށް ނުހަނު އަގުހުރި ދަރިއެއްކަމަށް ޖުމުހޫރީ ކޯލުޝަންގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ސަމަދަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވުމުގައި ދެމިހުންނަވަނިކޮށް، އަވަހާރަވި ބޭފުޅެއް ކަމަށައި ސަމަދު އަވަހާރަވި ޚަބަރު އެއްސެވީ ފުންހިތާމަ އާއި ހިތްދަތިކަމާއެކު ކަމަށެވެ.
ސަމަދަކީ ޢިލްމާ، ޤާބިލްކަމާ، ތަޖުރިބާއަށް ބަލާއިރު، ދިވެހި ޤައުމަށް ނުހަނު އަގުހުރި ދަރިއެއް ކަމަށާއި އެމަނިކުފާނު ވަކިވެވަޑައިގެންނެވުމުން، ގައުމަށް ގެއްލިގެން އެ ދިޔައީ، ތޫނުފިލި ވިސްނުންތެރިއެއް ކަމަށް ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ކުރައްވާ ގާސިމް ވިދާޅުވި އެވެ.
އަދި މި ވަތަނަށާ އަދި ބައިނަލްއަގްވާމީ ދުނިޔެއަށް ޚިދުމަތްކޮށްދެއްވުމުގައި އަދި އިންސާނިއްޔަތަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގައި ގިނަ ޒަމާންތަކެއް ވަންދެން މަސައްކަތްކޮށްދެއްވި އިޚްލާޞްތެރިކަމާ ހިތްހެޔޮކަމުގެ ނަމޫނާއެއްކަމަށް ވެސް ގާސިމް ވިދާޅުވެފައިވެ އެވެ.
މީގެއިތުރުން ވަރަށް ހުތޫރަތްތެރި ދަނޑިވަޅެއްގައި ރާއްޖޭގެ ޚާރިޖީވަޒީރުކަމާ ހަވާލުވެ ވަޑައިގެން، ބައިނަލްއަގްވާމީ މަސްރަހުގެ އިތުބާރާ ތާއީދު ރާއްޖެ ހޯއްދަވައިދެއްވުމުގައި ސަމަދު އަޒުމާއި ސާބިތުކަން ދައްކަވާފައިވާ ކަމަށްވެސް ގާސިމްގެ ބަޔާނުގައި ފާހަގަކުރައްވާފައިވެ އެވެ.
ގާސިމް ވަނީ ސަމަދުގެ އާއިލާއަށް ކެތްތެރިކަމާ ސާބިތުކަން ދެއްވުމަށް އެދިވަޑައިގެންފަ އެވެ.
ސަމަދަކީ ދިވެހި ގައުމަށް ނުހަނު އަގުހުރި ދަރިއެއް - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ