ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ވެސް ވެރިކަން ކުރާ ޕީޕީއެމުން މިއަދު ވަކިވެވަޑައިގެންފިއެވެ.
އަބްދުﷲ ވަނީ ޕީޕީއެމްގެ ކައުންސިލު މެންބަރުކަމުން ކުރިން އިސްތިއުފާ ދެއްވާފައެވެ. އަބްދުﷲ އަކީ ވެސް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރެއްވި މެންބަރެކެވެ.
އަބްދުﷲ އަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް ފަހުން ޕީޕީއެމާއި ގުޅިވަޑައިގެންނެވީއެވެ.
އަބްދުﷲ ވަނި އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލާގައި ސޮއި ކުރައްވާފައެވެ. އަދި އަބްދުﷲ ވަނީ މަސީހުގެ އިސްތިއުފާއަށް ފާޅުގައި ގޮވާލައްވާފައެވެ.Imthiyaazaa behey gaanoonun Majlilis membarunnah libidhey haggu thah Majilis Raees maseeh vanee nigulhaigenfa. Maseeh isthiufaa dheyn jehey.— Abdulla Ahmed (@AblhoMP) July 8, 2017Majilis idhaaraa ge 90% muvazzafun Majilis RMaseeh kanthah thah kuraa usoolu thakaa dheytherey hinhama nujehey.Maseeh isthiufaa dheyn jehey.— Abdulla Ahmed (@AblhoMP) July 9, 2017
އަބްދު ޕީޕީއެމުން ވަކިވެވަޑައިގެންނެވި އިރު އިތުރު ހަ މެންބަރަކު ވެސް ވަނީ މިއަދު ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ. އެ މެންބަރުންނަކީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީއާއި މައްޗަން ގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންއާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲއެވެ.
އެންމެ ފަހުން މެންބަރު އަބްދުﷲ ވެސް ޕީޕީއެމުން ވަކިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ