މިހާރު ގައުމު ހިންގާތަން ފެންނަނީ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަމަށާއި އުމަރު ނަސީރު ގެންދަވަނީ ބޮމެއް އޮތް ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ބިރު ދައްކަވަމުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ރޮޒެއިނާ ވިދާޅުވީ ފެނިގެންދަނީ ރައިސުލްޖުމްހޫރިއްޔާ ކަނޑައެޅިގެން ގާނޫނާ ހިލާފަށް ކަންތައްތައް ކުރައްވަމުން ގެންދަވާތަން ކަމަށާއި މިހާރު ރައީސް ޔާމީން ގައުމު ހިންގަވާތަން ވެސް ފެނިގެންނުދާ ކަމަށެވެ.
ރޮޒެއިނާ ވިދާޅުވީ ރައީސް ޔާމީން ކޮންމެ ދުވަހަކުވެސް ފެންނަން ބޭނުންވާ ކަމަށާއި ރައީސް ޔާމީން ދުނިޔޭގައި ހުރި ކަމެއް ވެސް ސިކުނޑި ސަލާމަތުން ހުރި ކަމެއް ވެސް މިހާރު ނޭނގޭ ކަމަށެވެ.
"މިއޮތް ހުރިހާ ދުވަހު ބުނަމުން ދިޔައީ ތިމަންނައެއް ނޫނެ ގައުމު ހިނގީއެއް. ނައިބު ރައީސޭ. މިހާރު ހިންގަވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރު. ކޮންމެ ދުވަހަކު އަޅުގަނޑުމެން ބޭނުން ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް ފެންނަން، ރައީސް ޔާމީން ދުނިޔޭގައި ހުރި ކަމެއް، ސިކުނޑި ސަލާމަތުން ހުރި ކަމެއް ނޭނގޭ، މިހާރު ފެންނަނީ ހޯމް މިނިސްޓަރު ބޮމެއް އޮތް ކަމަށް ބުނެ ރައީސަށް ބިރު ދައްކާތަން،" ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ ކުރިން ގައުމު ހިންގަވަމުން ދިޔައީ ނައިބު ރައީސް އަހުމަދު އަދީބު ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށާއި މިހާރު ގައުމު ހިނގަވަމުން ގެންދަވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަަމަށެވެ.
ރޮޒައިނާ ވެސް ވިދާޅުވީ ނައިބު ރައީސް އަށް ދޭ 14 ދުވަހުގެ ނޯޓިސްއާ ބެހޭ 100 ވަނަ މާއްދާއާ ކުއްލި ހާލަތުގައި ވެސް ނުބެހެވޭނެ ކަމަށާއި ރައީސް އިހްލާސްތެރިއެއް ވިއްޔާ ކޮންމެ ދުވަހަކު ވެސް ފެންނަން ޖެހޭ ކަމަށެވެ.
"މިހާ ހިސާބަށް ދިޔައީ ރައީސްގެ އިހުމާލުން، މިއީ ނޮވެމްބަރު 6 ގައި އެމްޑީޕީން މުޒާހަރާ ކުރަން އުޅޭތީ ކުރި ކަމެއް،" ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ މި ހާލަތުގައި ވެސް ސަރުކާރުން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށާއި މިއީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށެވެ.
"ގާނޫނު އަސާސީގައި ބުނެފައިވޭ ވަރަށް ސަރީހަކޮށް ބައެއް ހާލަތްތަކެއް ހުއްޓިގެން ދާނެ ކަން، އެހެންނަމަވެސް އަޅުގަނޑުމެން މި ފެނިގެންދިޔައީ މަޖިލީހުން ކުރަންޖެހޭ ކަމެއް ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ކުރައްވަމުން ގެންދަވާތަން، ކަނޑައެޅިގެން ރައީސުލްޖުމްހޫރިއްޔާ ގާނޫނު އަސާސީއާ ހިލާފަށް ކަންތައް ކުރައްވަމުން ގެެންދަވާތަން، ނައިބު ރައީސަށް އޮތް 14 ދުވަހުގެ މުއްދަތު 7 ދުވަހަށް ކުޑަކުރީ ގާނޫނު އަސާސީއާ މުޅިން ހިލާފަށް،" ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވަނީ ގާނޫނު އަސާސީ ރައީސުލްޖުމްހޫރިއްޔާ ބަދަލުކުރަމުންދާއިރު ސްޕްރީމް ކޯޓު ކޮބައިތޯ ސުވާލު އުފައްދަވާފައެވެ.
ގައުމު ހިންގަނީ އުމަރު، ފެންނަނީ ބޮމެއް އޮތްކަމަށް ބުނެ ރައީސްއަށް ބިރުދައްކާތަން - ރޮޒެއިނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ