ޖަރުމަން ބުންޑެސްލީގާގައި ރޭ ހޮފެންހޭމް އާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗު 5-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެއްވަނައިގައި އެ ޓީމުގެ ލީޑު ދަމަހައްޓައިފި އެވެ.
މިއުނިކްގެ އެލިއަންޒް އެރީނާގައި ހަތްދިހަ ފަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ހަ ވަނަ މިނިޓުގައި ލެރޮއި ސާނޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ ހަ މިނިޓް ފަހުން ރަފައެލް ގެރޭރޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ބަޔާން މިއުނިކް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 26 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދީފައިވަނީ ހެރީ ކޭން އެވެ. ބުންޑެސްލީގާގައި މި ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ހެރީ ކޭން މި ސީޒަނުގައި ލީގުގައި ޖެހި މިއީ 16 ވަނަ ލަނޑެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ލެރޮއި ސާނޭ ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ. އަދި މެޗުގެ 66 ވަނަ މިނިޓުގައި ސާރޖް ނަބްރީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އޭނާގެ ނަން ސްކޯ ޝީޓަށް އަރުވާފަ އެވެ.
ހޮފެންހޭމް ބަލިކޮށް ބަޔާން މިއުނިކްއިން ލީޑު ދަމަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ