01 ޖަނަވަރީ 2025 ހުން ފެށިގެން އުފަންވާ ކުދިންގެ ވެކްސިނާބެހޭ އަދާހަމަތައް ޕޯޓަލް މެދުވެރިކޮށް ލިބެގެންދާނެ
ސިއްހަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް، ” މޯލްޑިވްސް އިންޓެގްރޭޓެޑް ހެލްތު އިންފޮރމޭޝަން ސިސްޓަމް “(މިހިސް) ގެ ޕަބްލިކް ޕޯޓަލް އިފްތިތާޙްކޮށްދެއްވައިފިއެވެ.
މިޕޯޓަލް ގާއިމުކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގައި މައުލޫމާތު އެއްކުރުމަށް ބޭނުންކުރަމުންދާ ސިސްޓަމްތަކުގައި ހިމެނޭ މައުލޫމާތު އެއްހަމަކޮށް، މިމައުލޫމާތުތައް އެއްތަނަކުން ލިބުމަށް ފަހިވެގެންދާނެ ކަމެއް ކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.
މީގެ އިތުރުން ޕްރައިމަރީ ހެލްތު ކެއަރ މޮޑިއުލް ރޯލްއައުޓް ކުރަމުންދާ އަތޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ މައުލޫމާތު، އެފަރާތްތަކަށް މިޕޯޓަލް މެދުވެރިކޮށް ލިބިގެންދާނެއެވެ. އަދި ސިއްހަތާގުޅޭ މުހިންމު މައުލޫމާތު އާންމުންނަށް ހާމަކަން ބޮޑު ގޮތެއްގައި ރައްކާތެރިކަމާއިއެކު އަދި ފަސޭހައިން ލިއްބައިދުނުމަކީ މިޕޯޓަލްގެ މަގުސަދު ކަމަށްވެސް ވުޒާރާއިން ބުނެއެވެ.
01 ޖަނަވަރީ 2025 ހުން ފެށިގެން އުފަންވާ ކުދިންގެ ޑިޖިޓަލް ވެކްސިނޭޝަން ކާރޑާއި، ހެދި ބޮޑުވުމުގެ ޗާރޓާއި ހެދިބޮޑުވަމުންދާ މިންވަރު ދެނެގަނެވޭނެ ހަރުފަތްތަކާއި ކުއްޖާއަށް ދޭ ވިޓަމިން އޭ އަދި ފަނިބޭހުގެ މައުލޫމާތުފަދަ މައުލޫމާތު މިޕޯޓަލް މެދުވެރިކޮށް ބެލެނިވެރިންނަށް ލިބިގެންދާނެއެވެ.
ޕޯޓަލްގެ ސިސްޓަމް މެދުވެރިކޮށް ކުއްޖާ ހެދިބޮޑުވަމުން އަންނަ މިންވަރު ބެލެހެއްޓުމުގެ އިތުރުން ވެކްސިން ޖަހަންޖެހޭ ދުވަސް ކައިރިވުމުން އެކަން ބެލެނިވެރިންގެ ސަމާލުކަމަށް ގެނެވިގެންދާނެއެވެ. އަދި ޕްރައިމަރީ ހެލްތްކެއަރ ޕްރޮގްރާމުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން ތަކުރާރުކޮށް ދައްކަންޖެހޭ ފަރާތްތަކަށް، ޑަކުޓަރަށް ދައްކަންޖެހޭ ދުވަސް ކައިރިވުމުން ސަމާލެއް ފޮނުވޭނެއެވެ.
ކުރިއަށްއޮތް ތާނގައި މިޕޯޓަލްއިން ދެވޭ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ޑޮކްޓަރަށް ދައްކައިގެން ހޯދަމުންދާ ފަރުވާ އާއި ޑައިގްނޯސްޓިކްސް ޓެސްޓު ތަކުގެ ނަތީޖާތައްވެސް ފެންނަންހުންނާނެކަމަށް މިނިސްޓްރީން ބުނެއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
"މޯލްޑިވްސް އިންޓެގްރޭޓެޑް ހެލްތު އިންފޮރމޭޝަން ސިސްޓަމްގެ" ޕަބްލިކް ޕޯޓަލް އިފްތިތާހުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ