ޑްރަގް މައްސަލާގައި ތިނަދޫ ކޯޓުގެ ކުރީގެ ގާޒީ 15 އަހަރަށް ޖަލަށް

މި މައްސަލަ އޭނާގެ މައްޗަށް ސާބިތުވާތީ ކޯޓުން ވަނީ އޭނާ 15 އަހަރަށް ޖަލަށްލައި، 25،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ. އެ ފައިސާ މިއަދުން ފެށިގެން ހަމަސް ތެރޭގައި މީއާރައަށް ދައްކަން އަންގާފައިވެ އެވެ.
މަސްތުވާތަކެތިން މުއާމަލާތް ކުރުމުގެ ކުށް ސާބިތުވެ، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިން މެޖިސްޓްރޭޓްކަން ކުރެއްވި އެރަށު ގާކުރެލި، އިބްރާހިމް ރަޝީދު 15 އަހަރަށް ޖަލަށްލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އިބްރާހިމް ރަޝީދު، 46 ގެ އަތުން މަސްތުވާތަކެތި ފެނިފައި ވަނީ މޭ 28، 2016 ގައެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ދައުވާގައި ބުނެފައި ވަނީ އޭނާ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިގެން މަގުމަތިން ހުއްޓުވުމުން އަތުގައި އޮތް ރަބަރު ޕެކެޓް އެއްލާލައިފައިވާ ކަމަށެވެ. އޭނާގެ އަތުން އެއްލައިލި ޕެކެޓުގައި 0.0123 ގްރާމްގެ ޑައިމޯފިން ފެނުނު ކަމަށް ދައުވާގައިވެ އެވެ.އިބްރާހިމް ރަޝީދު ވަނީ ދައުވާއަށް އިންކާރުކޮށް، އެއީ އޭނާ ފްރޭމް ކުރަން ބަޔަކު ބޭއްވި އެއްޗެއް ކަމަށް ބުނެފަ އެވެ. އެކަމަކު ސީނަށް ދިޔަ ފުލުހުން ހެކިބަސް ދެމުން ބުނެފައި ވަނީ އެވަގުތު ފުލުހުން ދިއުމުން އޭނާ ސިއްސައިގެން ދިޔަ ކަމަށެވެ. އަދި އޭގައި ހުރީ މަސްތުވާތަކެތިކަން އޭނާއަށް އެނގޭ ކަމަށެވެ. ދައުވާއަށް އިންކާރު ކުރި ނަމަވެސް ދިފާއީ ހެކި ހުށަހަޅާފައެއް ނުވެ އެވެ. އަދި ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ނަފީކުރެވޭފަދަ އެކަށީގެންވާ ހެކި ވެސް ހުށަހަޅާފައެއް ނުވެ އެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބުނާ ގޮތުގައި، މީހެއްގެ އަތުގައި މަސްތުވާތަކެއްޗެއް ފެންނަ ހާލަތުގައި ދެ ގްރާމް ނުވަތަ އެއަށްވުރެ މަދު އަދަދެއް ފެނިއްޖެނަމަ ބަލާނީ އެއީ މަސްތުވާތަކެތިން މުއާމަލާތް ކުރީ ކަމަށެވެ. މި މައްސަލަ އޭނާގެ މައްޗަށް ސާބިތުވާތީ ކޯޓުން ވަނީ އޭނާ 15 އަހަރަށް ޖަލަށްލައި، 25،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ. އެ ފައިސާ މިއަދުން ފެށިގެން ހަމަސް ތެރޭގައި މީއާރައަށް ދައްކަން އަންގާފައިވެ އެވެ.އިބްރާހިމް ރަޝީދު ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަކިކޮށްފައި ވަނީ ޖޫން 24، 2019 ގަ އެވެ. އޭނާ ވަކިކޮށްފައި ވަނީ އަންހެނަކާ ދިމާލަށް މަގުމަތީގައި ހުރެ އާންމު އަހުލާގީ މިންގަނޑާ ހިލާފު ހަޑި ހުތުރު އެއްޗެހިތަކެއް ގޮވި މައްސަލައެއްގަ އެވެ. އެ މައްސަލައާ ގުޅިގެން ޖޭއެސްސީން ވަނީ މެއި 30، 2016 ގައި އޭނާ ސަސްޕެންޑް ވެސް ކޮށްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ