ދިރާގު "ރޯދަރެޑީ" ޕްރޮމޯޝަން: ހަތް މީހަކަށް ވިލާ މާޓުގެ 5،000 ރުފިޔާގެ ވައުޗަރު ދީފި
އަންނަ ބުދަ ދުވަހު ފެށޭ، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ޚާއްސަ އިނާމުތަކާއެކު ދިރާގުން "ރޯދަ ރެޑީ"ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ދެވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފިއެވެ. މި ޕްރޮމޯޝަންގެ ފުރަތަމަ ހަފުތާގެ ނަސީބުވެރިންނަށް ދިނީ ރެޑްވޭވްގެ 5،000 ރުފިޔާގެ ޝޮޕިން ވައުޗަރެވެ. އަދި ދެވަނަ ހަފުތާގެ ނަސީބުވެރިންނަށް ދިނީ ވިލާ މާޓުގެ 5،000 ރުފިޔާގެ ޝޮޕިން ވައުޗަރެވެ. މި ވައުޗަރުތައް ލިބުނު ނަސީބުވެރިންނަކީ: މުޙައްމަދު ޠަލާލް - 27 ޖަނަވަރީ މޫސާ ނަޞްރު - 28 ޖަނަވަރީ މަރިޔަމް ޝިފްލީން އިސްމާޢީލް - 29 ޖަނަވަރީ މޫސާ ފަހުމީ - 30 ޖަނަވަރީ ޒިޔާދު މޫސާ - 31 ޖަނަވަރީ އަޙްމަދު ޔޫސަޢު - 1 ފެބްރުވަރީ ޙުސައިން މާހިދު - 2 ފެބްރުވަރީ ދިރާގުން ބުނީ، މި ޕްރޮމޯޝަންގެ ދަށުން ޖުމުލަ 21 ނަސީބުވެރިއަކަށް 5،000 ރުފިޔާގެ ވައުޗަރު ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އޭގެން ކޮންމެ ވައުޗަރަކީ ރާއްޖޭގެ މަގުބޫލު ވަކި ފިހާރައަކުން ނުވަތަ އެއާލައިނަކުން ވިޔަފާރި ކުރެވޭނެ ވައުޗަރުތަކެއް ކަމަށް ދިރާގުން ބުންޏެވެ. މީގެ އިތުރުން، މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފުތާއަކު ހޮވިފައިވާ ނަސީބުވެރިއަކަށް އެއް މިނެޓުގެ ތެރޭ ހިލޭ ބާޒާރުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. މިދިޔަ ޖަނަވަރީ މަހުގެ 20ވަނަ ދުވަހުން ފެށިގެން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރެއް ނަމަ 50 ރުފިޔާއިން ފެށިގެން މަތީގެ އެޑް-އޮން އެއް ނަގައިގެން، ނުވަތަ ޕޯސްޓްޕެއިޑް، ނުވަތަ ބްރޯޑްބޭންޑް ކަސްޓަމަރެއް ނަމަ، އެޑް-އޮން އެއް ނުވަތަ ބޫސްޓަރެއް ނަގައިގެންނެވެ. މީގެ އިތުރުން، މި ޕްރޮމޯޝަނުގެ މުއްދަތުގެ ތެރޭ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަނުގައި ބައިވެރިވެފައިވާ ކަސްޓަމަރުންނާއި، ދިރާގު x އައިސިކް ކާޑު ބޭނުންކުރާ ކަސްޓަމަރުންނާއި، ޕްރޮމޯޝަންގެ މުއްދަތުގައި އެއްވެސް ސަބްސްކްރިޕްޝަނެއް ނެގި ކޮންމެ ކަސްޓަމަރަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ލިބުނު ކަމަށް، ދިރާގުން މައުލޫމާތުދެއެވެ. ދިރާގުން ބުނީ، ދިވެހީންގެ ސަގާފަތާއި އާދަކާދަތަކާ ގުޅުވައިގެން ފަރުމާކޮށްފައިވާ މި ޕްރޮމޯޝަނުގެ މައިގަނޑު މަގުސަދަކީ، ރޯދަމަހަށް ޚާއްސަކޮށް، ކަސްޓަމަރުންނަށް ބޭނުންތެރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ