ފުރަތަމަ ހަތަރު މަހު 99 މައްސަލައެއް ހައިކޯޓުން ނިންމައިފި

މި އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި ހައި ކޯޓުން 99 މައްސަލަ ނިންމައިފި އެވެ.
އެ ކޯޓުން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި 99 މައްސަލަ ނިންމި ނަމަވެސް އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ނިންމި މައްސަލަތަކަށް ވުރެ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި ހައިކޯޓުން 132 މައްސަލައެއް ނިންމި އެވެ.
ހައި ކޯޓުން މި އަހަރު ވަކިވަކި މަސްތަކުގައި ނިންމި މައްސަލަތަކަށް ބަލާ އިރު، ޖެނުއަރީަައި 26 މައްސަލަ، ފެބްރުއަރީގައި 43 މައްސަލަ، މާޗްގައި 13 މައްސަލަ އަދި މިދިޔަ މަހު 17 މައްސަލަ ނިންމި އެވެ.
ނިންމާފައި މައްސަލަތަކުގެ ބާވަތް:
* ޖިނާއީ 37 މައްސަލަ* މަދަނީ 35 މައްސަލަ* ޢާއިލީ ކަންކަމާ ގުޅޭ ދެ މައްސަލަ* އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ ގުޅޭ ދެ މައްސަލަ* ވަޒީފާއާ ބެހޭ 22 މައްސަލަ* ދުސްތޫރީ އެއް އްސަލަ
މި އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި ހައި ކޯޓަށް 73 މައްސަލައެެއް ހުށަހެޅި އެވެ. އަދި އެ މުއްދަތުގައި 36 މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާ އިރު ކޯޓުގައި ރަޖިސްޓްރީކޮށްފައި ވަނީ 57 މައްސަލަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ