ކުރީގެ ޗީފް ޢަބްދުއްރަޙީމަށް ސްޓޭޓް މިނިސްޓަރުކަން

ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ކުރިން ހުންނެވި، ލެފްޓިނެންޓް ޖެނެރަލް ރިޓަޔާޑް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފަށް ސްޓޭޓް މިނިސްޓަރުކަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ސިފައިންގެ ހިދުމަތުގައި 39 އަހަރު ވަންދެން އުޅުއްވުމަށް ފަހު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވޭ އުމުރު ގާނޫނީ ގޮތުން ހަމަވާތީ އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ މިދިޔަ މަހުގެ 17 ގަ އެވެ.
ސިފައިންގެ ގާނޫނު ބުނާގޮތުން، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ.
Ambassador at Large Dr Ali Naseer Mohamed and Minister of State Lt. Gen. Abdul Raheem Abdul Latheef (Rtd.) meets @GuardMontana Adjutant General Maj. Gen. John Peter Hronek II and @USinMaldives Ambassador Hugo Yon. Discussed broader Maldives-US security partnership & cooperation. pic.twitter.com/0N5YelzoeJ— Ministry of Foreign Affairs ???????? (@MoFAmv) May 6, 2024
ރާއްޖެ އާއި ތުރުކީއާ ދެމެދު މި ސަރުކާރު އައި ފަހުން އަންނަނީ ވަރަށް ބޮޑަށް ގުޅުން ބަދަހިކުރަމުންނެވެ. އެ ގުޅުމުގެ ތެރެއިން ތުރުކީގައި ފުރަތަމަ ފަހަރަށް ވަނީ ރާއްޖޭގެ އެމްބަސީއެއް މި އަހަރުގެ ފެބްރުއަރީ 13 ވަަނަ ދުވަހު ގާއިމްކޮށްފަ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ވެސް ތުރުކީ އަށެވެ.
ދެ ގައުމުގެ ދެމެދުގައި އަސްކަރީ ގުޅުން ވަރަށް ބޮޑަށް ބަދަހިކޮށް އަދި ފުރަތަމަ ފަހަރަށް ރާއްޖެ އަށް އަސްކަރީ ޑްރޯން ވެސް ގެނައީ ތުރުކީ އިންނެވެ. އޭގެ ތެރެއިން ގިނަ އާލާތްތަކަކީ ތުރުކީގެ ހިލޭ އެހީ ކަމަށް ރައީސް ވިދާޅުވެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ