އައްޑޫސިޓީގައި ހިންގި ސްޕާއަކުން ބަޔަކު ހައްޔަރު ކޮށްފި

އައްޑޫސިޓީގައި ހިންގި ސްޕާއަކުން ބަޔަކު ހައްޔަރު ކޮށްފި އެވެ.ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ސްޕާއިން ބަޔަކު ހައްޔަރުކުރީ ފޭދޫގައި އިއްޔެ ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ.އެ އޮޕަރޭޝަނުގައި ހައްޔަރުކުރީ ތައިލެންޑުގެ ތިން އަންހެނުން ކަމަށް ފުލުހުން ބުންޏެވެ.ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.މާލެ އާއި އައްޑޫގައި ހިންގާ ބައެއް މަސާޖު ޕާލާތަކާއި ސްޕާތަކުގައި ބިދޭސީ އަންހެނުން ލައްވައި ހަށިވިއްކުވާ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ. އެފަދަ ތަންތަނުގައި ހަށިވިއްކަމުން ދަނިކޮށް ވެސް ފުލުހުން މީގެ ކުރިން މީހުން އަތުލައިގަނެފައި އެބަ ހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ