ޓޫރިސްޓް ދެމަފިރިން ގެނބެމުން ދިޔަ ރިސޯޓް މުވައްޒަފަކު ސަލާމަތްކޮށްފި

ދުސިތު ތާނީ މޯލްޑިވްސްއަށް ހަނީމޫނަށް އައި ދެ ފަތުރުވެރިއަކު އެ ރިސޯޓުގައި  މޫދަށް ވެއްޓުނު މުވައްޒަފަކު ސަލާމަތްކޮށްފި އެވެ. ބ. އަތޮޅު ފުލުހުންގެ އިދާރާއިން ބުނިގޮތުގައި ޑިއުޓީ ކުރަމުން ދިޔަ މުވައްޒަފު މޫދަށް ވެއްޓުނީ ރިސޯޓުގެ މޫދު ކޮޓަރިއެއްގެ ޑެކުމަތިންނެވެ. ޑެކުން މުވައްޒަފު މޫދަށް ވެއްޓުމުން އަނިޔާވެ، ގެނބިގެން ގިނައިން ލޮނުވެސް ބޮވިފައި ވެއެވެ. މި ދެ ފަތުރުވެރިން ވަނީ އޭނާ މޫދުން ނަގައި އަވަސް ފަރުވާ ދީފައެވެ. ފުލުހުންގެ އިދާރާއިން ބުނިގޮތުގައި މުވައްޒަފުގެ ފުރާނަ ސަލާމަތްވެ، ހިތާމަވެރި ހާދިސާއަކުން ސަލާމަތްވީ، ޖޯޑަން ޑެނިއަލް ވޭން ޑައިކް އާއި ޑެނިއެލް ޑީ ބްރުއީންގެ އަވަސް ވިސްނުމުންނެވެ. ޖޯޑަން ޑެނިއަލް ވެން ޑައިކް އާއި މިސް ޑެނިއެލް ޑި ބްރޫއިން ނަމަކަށް ކިޔާ މި ދެމަފިރިންނަކީ ހަނީމޫން އަށް  ދުސިތް ތާނީއަށް އައި ދެމަފިރިންނެވެ. ފުލުހުން ވަނީ އެ ދެ ފަތުރުވެރިންގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއްވެސް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ