ބާރަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް

މައްސަލަ ބެލުމަށް ފުލުހުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ތުހުމަތުކޮށް އާއިލާ އިން ވަނީ ކަންބޮޑުވުން ކޮށްފައެވެ. އެ މައްސަލައާ ގުޅިގެން އެ ރަށުގައި މުޒާހަރާ ވެސް ކުރި އެވެ.
ބާރަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ސައުތު ޕޮލިސް -- ގއ، ގދ، ފުވައްމުލަކު އަދި އައްޑޫ -- ހިމެނޭ ސަރަހައްދުގެ ރަށެއްގައި ބާރަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ.އެ މައްސަލަ ހުށައެޅީ މީގެ ދެ ދުވަސް ކުރީން ކަމަށް ވެސް ބުންޏެވެ. މައްސަލައާ ގުޅިގެން ފުލުސް ތަހުގީގެއް ފަށާފައިވާ ކަމަށް ބުނުން ފިޔަވާ އިތުރު ތަފްސީލެއް ނުދެ އެވެ.އެ މައްސަލާ ގައި ހިމެނޭ މީހާ ކަމަށް ބުނާ މީހާގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރު ކުރަމުންނެވެ. އަދި މައްސަލަ ބެލުމަށް ފުލުހުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ތުހުމަތުކޮށް އާއިލާ އިން ވަނީ ކަންބޮޑުވުން ކޮށްފައެވެ. އެ މައްސަލައާ ގުޅިގެން އެ ރަށުގައި މުޒާހަރާ ވެސް ކުރި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ