ތ.ކިނބިދޫ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ތ.ކިނބިދޫ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްޠަލިބުއެވެ.
ކިނބިދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ރަށުގެ އިރުމަތީ ފަރާތުން 25 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
ޕްރޮޖެކްޓް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްގެންނެވެ. މިއީ 148.2 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 8 މަސްދުވަހުގެ މުއްދަތުން މަސައްކަތް ނިންމާގޮތަށެވެ.
1400 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ކިނބިދޫގެ ބިން ހިއްކުމުގެ ޕްރޮޖެކްޓް އެމްޓިސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 21 ވަނަ ދުވަހުއެވެ.
ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އަޙްމަދު ޢަލީ ޙަބީބް އާއި އެމްޓީސީސީގެ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރ އަހްމަދު ލަތީފް އާއި ކިނބިދޫ ކައުންސިލްގެ ރައީސް ޢަލީ ޙުސައިން އަދި ސަރުކާރުގެ މުވައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުން ބައިވެރިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ