ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން މުޅި ކުޅުދުއްފުށި ސިޓީއިން ކަރަންޓް ކެނޑިފައިވާކަމަށް ފެނަކައިން ބުނެފިއެވެ.
ފެނަކައިން ބުނީ، ކުޅުދުއްފުށި ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މިއަދު 9:15 ގައި މުޅި ރަށުންވަނީ ކަރަންޓު ކެނޑިފައިކަމަށް ފެނަކައިން ބުންޏެވެ.
''ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމުގައި ދަންނަވަމެވެ. އަދި މިމައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓް ދެވޭނެކަމަށް ލަފާކުރެވެނީ މިއަދު 18:00 ގައެވެ. ވީމާ މިދަނޑިވަޅުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ނިހާޔަތަށް މާފަށް އެދެމެވެ.'' ފެނަކައިން ބުނެފަވެއެވެ.
ކުޅުދުއްފުށީ ކަރަންޓް މައްސަލަ ހައްލުނުވެ ދިގުލައިދާތީ އެ ސިޓީގައި ވަނީ ރައްޔިތުންގެ ބަޔަކު ނުކުމެ މުޒާހަރާވެސް ކޮށްފައެވެ.
ކުޅުދުއްފުށީ ސިޓީގެ ކަރަންޓަށް ދިމާވި މައްސަލައާ ގުޅިގެން އެކަމުގެ ފުރިހަމަ ޒިންމާ ނެގުމުގެ ގޮތުން އޭޕްރީލް މަހުގެ ކަރަންޓް ބިލުން 50 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ފެނަކައިން ވަނީ ނިންމާފައެވެ.
ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން މުޅި ކުޅުދުއްފުށިން ކަރަންޓް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ