ރާއްޖޭގެ ރަށެއް، ޗައިނާގެ މިލިޓަރީ ބޭނުންތަކަށާއި، ޖާސޫސީ އުޅަނދު ތަކަށް ޚިދުމަތް ދިނުމަށް، 100 މިލިއަން ޑޮލަރު މުއިއްޒު ނަގާފައި ވާކަމަށް ނޭޕާލް ކޮރަަަސްޕޮންޑުން ހާމަ ކޮށްފި

ރާއްޖޭގެ ރަށެއް، ޗައިނާގެ މިލިޓަރީ ބޭނުންތަކަށާއި، ޖާސޫސީ އުޅަނދު ތަކަށް ޚިދުމަތް ދިނުމަށް، 100 މިލިއަން ޑޮލަރު މުއިއްޒު ނަގާފައި ވާކަމަށް ނޭޕާލް ކޮރަަަސްޕޮންޑުން ހާމަ ކޮށްފިއެވެ. ނޭޕާލް ކޮރަސްޕޮންޑުން ހާމަ ކޮށްފައިވާ ގޮތުގައި ޗައިނާގެ މިލިޓަރީ މަސައްކަތް ކުރިއަށް ދަނީ ޗައިނާއަށް ތަރައްޤީ ކުރުމަށް ދޭ އުމްރާނީ މަސައްކަތް ތަކުގެ ތެރެއިންނެވެ. ނޭޕާލް ކޮރަސްޕޮންޑުން މިހެން ހާމަ ކޮށްފައި ވާއިރު، ސަރުކާރުން ވަނީ ދާދި ފަހުން ލ އަތޮޅުން ތިން ރަށާއި، އެތާގައި ތަރައްޤީ ކުރާ ބަންކަރިން ޚިދުމަތައި، ޓްރާންޝިޕްމަންޓް ޕޯޓާއި، ޔޮޓް މެރީނާއާއި، ކްރޫޒް ޓާމިނަލް 99 އަހަރަށް ޗައިނާއަށް ދީފައެވެ.
މި ފައިސާ މުއިއްޒަށް ދީފައި ވަނީ މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރު ފުޅުގައި ކަމަށް ވެއެވެ.
ލ. އަތޮޅުގެ މި ސަރަހައްދަގީ ރާއްޖޭގެ ހާއްސަ ސަރަހައްދަކަށް ވެފައި، މިއީ ބައިނަލްއަޤްވާމީ ދަތުރު ފަތުރުގެ މުހިންމު މަގެކެވެ.
ނޭޕާލް ކޮރަސްޕޮންޑަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ޗައިނާއިން ގާއިމު ކުރާ ސިއްރު މިލިޓަރީ މަރުކަޒުން ކުރާނެ މައިގަޑު މަސައްކަތަކީ، މިވަގުތު އަރަބި ކަނޑުގެ ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމައާއި ގުޅުންހުރި ޖާސޫސީ މައުލޫމާތު ޗައިނާގެ ބޭނުމަށް ހޯދުމެވެ.
???????????????????????? ???????????????? ???????????????? ???????????????????????? ???????????????? ???????????????????????????? ????????????????????????Muizzu received kickbacks during his January visit to China against allocation of Maldivian land to Chinese companies which will be used for intelligence gathering & military purpose in Indian. .1/3 pic.twitter.com/ITb3BzjJnE— Nepal Correspondence (@NepCorres) April 20, 2024
ނޭޕާލް ކޮރަސްޕޮންޑެންސް އިން ލީކް ކޮށްފައިވާ މައުލޫމާތު!
ޗައިނާއިން ރާއްޖޭގައި މިވަރުގެ ބޮޑު ޖާސޫސީ މިލިޓަރީ ވަސީލަތެއް ޤާއިމު ކުރުމަކީ، ސަރަހައްދީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެކެވެ.
މީގެ އިތުރުން ނޭޕާލް ކޮރަސްޕޮންޑެންސް އިން ހާމަ ކޮށްފައިވާ ގޮތުގައި މުއިއްޒަށް އިންތިހާބު ކާމިޔާބު ކުރުމަށް ފައިސާ ދީފައިވެއެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގަތީ ގައުމިއްޔަތު ދިރުވުމުގެ ނަމުގައެވެ. ނަމަވެސް މުއިއްޒު ދަނީ ޗައިނާއަށް ރާއްޖޭގެ އިސްތިޤްލާލް، މުއިއްޒަށް ލިބޭ މަންފާއަކަށްޓަކައި ދޫކޮށްލަމުންނެވެ.
ޗައިނާ އެމްބަސަޑަރ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ގުޅާ ރިޝްވަތު ހުށައަޅަމުން ދާއިރު، މާ ދުރުގައި އޮތް ކުޑަކުޑަ ގައުމަކަށް ޗައިނާއިން މިވަރަށް ރާއްޖެއަށް ނުފޫޒު ފޯރުވާތީ ދިވެހިންގެ ގިނަބަޔަކު ތިބީ ވަރަށް ކަންބޮޑުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ