ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯއިން މައުލޫމާތު ދިފައިވާ ގޮތުގައި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ. ދިމާވީ ސީދާ ކޮން ކަހަލަ ޓެކްނިކަލް މައްސަލައެއް ކަމެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.
ދިމާވި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރެވުންދާކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިންވެސް ވަނީ ހުޅުމާލެއިން ކަރަންޓު ގޮސްފައެވެ. މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ އެދުވަހުގެ މެންދުރު 12 ޖަހާކަންހާއިރެވެ. އަދި ކަރަންޓު އަނބުރާ ދިނުމަށް އެ ދުވަހު ގިނަ އިރުތަކެއް ނަގާފަވެއެވެ.
އެ ދުވަހު ސްޓެލްކޯއިން ވިދާޅުވީ މާލެ އާއި ހުޅުމާލޭގެ ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ ހުޅުމާލެ 1 ގައި ހިންގާ 50 މެގަވޮޓްގެ އިންޖީނުގޭގެ ސިސްޓަމް އަޕްގްރޭޑްކުރުމަށް އިންޖީނުތައް ނިއްވާލުމާ ގުޅިގެން ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ.
ހުޅުމާލެއިން ކަރަންޓް ކެނޑޭވަރު މި ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އަދި ކަރަންޓް އަނބުރާ ދިނުމަށް ގިނަ ވަގުތުތަކެއް ވެސް ހޭދަވާކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ