ލަންކާގައި ޑެންގީއާ ގުޅިގެން ޖޫރިމަނާތައްކޮށް، ސްކޫލް ކުދިންނަށް ހާއްސަ ހުއްދަތަކެއް

ސްރީލަންކާގައި ޑެންގީ ހުން ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މަދިރި ހަފާ މިންވަރު މަދުކުރުމަށްޓަކައި ދަރިވަރުން ހަށިގަނޑު ބޮޑަށް ނިވާވާފަދަ ހެދުން އެޅުމުގެ ހުއްދަ ދީފި އެވެ.
އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ، ސްކޫލް ޔުނީފޯމުގެ އިތުރުން އަތާއި ފައި ރަނގަޅަށް ނިވާވާފަދަ އެކަށީގެންވާ ހެދުމެއް ދަރިވަރުންނަށް ލެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް މިހާރު އަންގާފައިވާ ކަމަށެވެ.
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
Zetta Enterprises Pvt Ltd
MU STORE
MGH Group of Companies
މީގެ އިތުރުން، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭ މަދިރި ފައްސާ ކްރީމް ނުވަތަ ލޯޝަން ފަދަ ތަކެތި ބޭނުންކުރުމާ ގުޅޭ ގޮތުން ދަރިވަރުން ހޭލުންތެރިކުރުވުމަށް ވެސް މިނިސްޓްރީން ވަނީ ޕްރިންސިޕަލުންނަށް އިރުޝާދު ދީފަ އެވެ.
މި ފިޔަވަޅުތަކަކީ ސްކޫލް ކުދިން ޑެންގީ މަދިރިން ސަލާމަތްކުރުމަށް އެހީތެރިވުމުގެ ގޮތުން ތައާރަފު ކުރި ފިޔަވަޅުތަކެކެވެ.
މީގެ އިތުރުން، މަދިރި އާލާވާ ގޮތަށް ހުރި 84 ތަނެއް ފާހަގަކޮށް، ނުގޭގޮޑާ މެޖިސްޓްރޭޓް ކޯޓުން ވަނީ އެއް ދުވަހެއްގެ ތެރޭގައި ރެކޯޑް އަދަދެއްގެ ޖޫރިމަނާކޮށްފަ އެވެ. އެގޮތުން ޖުމްލަ 2.1 މިލިއަން ރުޕީސްއިން އެ ތަންތަން ވަނީ ޖޫރިމަނާކޮށްފަ އެވެ.
ޑެންގީ ކޮންޓްރޯލް ކުރަން ލަންކާގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު، މި އަހަރުގެ މިހާތަނަށް އެ ގައުމުން އެ ބަލީގެ ގާތްގަނޑަކަށް 70،000 ކޭސް ފެނި، 30 އަށް މީހުން މަރުވެފައިވެ އެވެ. 
ލަންކާގެ ބޮޑު ވަޒީރު ވިދާޅުވެފައި ވަނީ އެ ގައުމުގައި އާދަޔާ ހިލާފަށް ޑެންގީ ފެތުރެމުން ދަނީ އާ ވޭރިއަންޓެއްގެ ސަބަބުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ