ފެރީދުގައި އަނިބިމީހާއަށް އަނިޔާ ކުރުމުން ހައްޔަރުކޮށްފި

ފެރިދޫގައި ދެމަފިރިންގެ މި މައްސަލަ ދިމާވި އިރު މިދިއަ މާރިޗް މަހުގެ 21 ވަނަ ދުވަހު ގދ. މަޑަވެލީގައި ދެ ލޯބިވެރިންގެ ތެރެއިން ފިރިހެން މީހާ، އަންހެން މީހާއަށް އަނިޔާކުރި މައްސަލައެއްގައި ހައްޔަރު ކުރި އެވެ.
އއ. ފެރިދޫގައި މީހަކު އޭނާގެ އަނބިމީހާއަށް އަނިޔާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފި އެވެ. 
މިދިއަ ހޮނިހިރު ދުވަހު ފެރިދޫގެ އެ މީހާ އޭނާގެ އަންހެނުންނަށް އަނިޔާ ކުރި މައުލޫމާތާއެކު ފުލުހުން ގޮސް ހައްޔަރަށް އެ މީހާ ގެންދިޔައީ އެރޭ އިރާކޮޅު އެވެ. އުމުރުން 38 އަހަރުގެ މީހާ ހައްޔަރަށް ނެގީ ކޯޓު އަމުރެއްގެ ދަށުންނެވެ.އޭގެ ފަހުން އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށް ފަހު މި މައްސަލަ މިހާރު ޖެންޑާ މިނިސްޓްރީއަށް ވެސް ވަނީ ފޮނުވާފަ އެވެ. އަދި ފުލުސް އިދާރާއިން ގެންދަނީ މި މައްސަލަ ބަލައި ތަހުގީގު ކުރަމުންނެވެ. 
ދުވަސްވީ މީހުން ކިޔާ ގޮތުން ފެރީދޫއަކީ އަރިއަތޮޅުގެ "ބޮޑު ފެރިދޫ" އެވެ. އެ ރަށުގައި ކުރީން މީހުން އުޅެފައިވަނީ ރަށް ވަށައިގެނެވެ. މިކަމުގެ ނިޝާންތަކުގެ ތެރޭގައި ރަށުގެ އެތެރޭގެ އެކި ހިސާބުތަކުގައިވާ ވެޔޮތައް ހިމެނެ އެވެ. ރަށުގެ އާސާރީ ތަންތަނުގެ ތެރޭގައި ރަށުގެ ބަނދަރުގެ ކުރިމަތީގައި ހުންނަ ބޮޑު ނިކަގަސް ފާހަގަ ކުރެވެއެވެ. އިހު ޒަމާނުގައި، ރާއްޖޭގެ ރަސްކަލުން ހައްޖަށް ވަޑައިގެންފައި ގެންނެވި އެފްރިކާ ސަރަހައްދުގެ ދެ އަޅުން އަޅުވެތިކަމުން މިނިވަން ކުރުމުން އެ ދެމީހުން ވަޒަންވެރިވެފައި ވަނީ ފެރިދޫގަ އެވެ. ބެލެވޭ ގޮތުގައި ފެރިދޫ އާއި އެ އަތޮޅުގެ މާޅޮހުގެ ބައެއް އާއިލާތަކަކީ އެ ދެ މީހުންގެ ދަރިފަސްކޮޅެވެ.
އެ މީހާ ވަނީ މަޑަވެލީ ގެއެއްގެ ތެރެއިން އޭނާ ލޯބިވެރިޔާ އޮބައިގަނެގެން މަގުމަތީގައި ދަމާ ކޫއްތައި އެތައް ހިސާބަކަށް ގެންގޮސް ފަޔާއި އަތުން ގައިގައި ވަރަށް ބާރަށް ތަޅާ ހަދާފަ އެވެ. އެ ދުވަހު އެ މީހާ ހައްޔަރުކޮށް ބަންދު ޖެހުމަށްފަހު ފަހު މިދިއަ ހަފުތާގައި ވަނީ ދޫކޮށްލާފަ އެވެ. އޭނާއަށް ބަންދު މުއްދަތު ދީފައި ވަނީ ޝަރީއަތް ނިމެން ދެނެވެ. ފަހުން ދޫކޮށްލި ސަބަބު ސާފެއް ނުވެއެވެ. ނަމަވެސްް ދޫކޮށްލީ ބަންދުގެ މުއްދަތު ރިވިއު ކުރަން ކޯޓަށް ގެންދިއުމުން ކޯޓުންނެވެ. އުމުރުން 34 ފިރިހެން މީހާއަކީ މަޑަވެލީ މީހެކެވެ. އަންހެން މީހާ ނިސްބަތް ވަނީ ރ. އަތޮޅު ރަށަކަށެވެ. އުމުރަކީ 30 އަހަރެވެ. ދެ މީހުންނަކީ ވެސް މަސްތުވާތަކެތި ބޭނުން ކުރާ ދެ މީހުން ކަމަށް އެ ރަަށު މީހުން ބުނެއެވެ.  
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ