ހުޅުމާލެއިން ކަރަންޓު ކެނޑުނު ސަރަހައްދަށް ތިން ގަޑިއިރު ފަހުން ކަރަންޓު ދީފި
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ކަރަންޓު ކެނޑުނު ސަރަހައްދަށް ތިން ގަޑިއިރެއްހާއިރު ފަހުން ކަރަންޓު ދީފިއެވެ. މިއަދު ހެނދުނު 11:30 ކަންހާއިރު ކަރަންޓް ކެނޑުނީ ފެލެޓް ނަމްބަރު 139،140،144،145 ހިމެނޭ ސަރަހައްދުންނެވެ. ސްޓެލްކޯއިން މިއަދު 3:22 ގައި ބުނީ އެ ސަރަހައްދަން އަނބުރާ ކަރަންޓް ދީފައިވާ ކަމަށެވެ. ކަރަންޓް ކެނޑުމަކީ ހުޅުމާލެއަށް ވެސް ދޭތެރެއަކުން ދިމާވާ މައްސަލައެކެވެ. އާންމު ގޮތެއްގައި ކަރަންޓު ކެނޑެނީ މަސައްކަތްތައް ކުރުމުގެ ތެރެއިން ކޭބަލަށް ދިމާވާ އެކި މައްސަލަ ތަކުންނެވެ. ކަރަންޓް ދިޔުމުގެ ސަބަބުން ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ