މާލީ ގަވާއިދުތަކާ ހިލާފުވުމުން އިންޑިއާއިން ބީބީސީ ޖޫރިމަނާކޮށްފި މާލީ ގަވާއިދުތަކާ ހިލާފުވުމުން އިންޑިއާއިން ބީބީސީ ޖޫރިމަނާކޮށްފި

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދުތަކާ ހިލާފަށް އަމަލުކުރުމާ ގުޅިގެން އިންޑިއާގެ ފައިނޭންޝަލް ކްރައިމް ފައިޓިން އޭޖެންސީ އިން ބްރިޓިޝް ބްރޯޑްކާސްޓިން ކޯޕަރޭޝަން (ބީބީސީ) ޖޫރިމަނާކޮށްފި އެވެ.
އިންޑިއާ ސަރުކާރުގެ ތިން މަސްދަރަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބީބީސީ ޖޫރިމަނާ ކުރީ 397،980 ޑޮލަރުންނެވެ. ބީބީސާ ދެކޮޅަށް އިންޑިއާގެ އިދާރާތަކުން ތަހުގީގު ފެށީ އެޕްރީލް 2023، ގަ އެވެ.
އެ ތަހުގީގުގެ ދަށުން ދިއްލީ އާއި މުމްބާއީގައި ހުންނަ ބީބީސީގެ އޮފީސްތައް ވެސް ބަލައިފާސްކުރި އެވެ.
މީގެ ކުރިން 2021 ގައި ވެސް ބީބީސީއަށް ބޮޑު ޖޫރިމަނާއެއް އައެވެ. އެއީ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ބޭރު މީހުން ގިނަވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ