މިރޭ އެމްޑީޕީން ބާއްވަމުންދާ މަގުމަތީ ހަރަކާތުގައި ނަމާދު ވަގުތަާށް ބެލުމެއްނެތި އަޑުގަދަކޮށް ލަވަޖަހާ އަތްޖަހަން ތިބުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
މިރޭގެ އިޝާނަމާދު ވަގުތުގައި ސަލްމާން މިސްކިތުގައި ގުރުއާން ކިޔަވަމުން ދިޔަ ވަގުތު ވެސް އިދިކޮޅު އެމްޑީޕީ އިން ދިޔައީ ބީޗު ސަރަހައްދުގައި އަޑުގަދަކޮށް ލަވަޖަހައި މަޖާނަގަމުންނެވެ.
އެމްޑީޕީ އިން މިރޭގައި ކުރިއަށް ގެންދާ ހިނގާލުމަކީ ގާނޫނު އަސާސީގެ ދިފާއުގައި ކަމަށްބުނެ ކުރިއަށް ގެންދާ ހިނގާލުމެކެވެ.
ސަލްމާން މިސްކިތުގައި ގުރުއާން ކިޔަވަމުން ދިޔަ ވަގުތު ވެސް އެއަށް ނުބަލައި އަޑުގަދަކޮށް އަތްޖަހައި ލަވަ ކިޔަމުން ގޮސްފައިވާއިރު މި ފަހުން ރައީސް ޑރ.މުހައްމަދު މުއިއްޒު ދިއްދުއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާ ނިންމާލުމަށް ގައުމީ ސަލާމް ކިޔަމުން ދިޔަ ވަގުތު ވެސް އެމްޑީޕީ ސަޕޯޓަރުން އަޑުގަދަކޮށް އައުގުރާނަ ގޮވާފައިވެއެވެ.
ނަމާދު ވަގުތު ވެސް އެމްޑީޕީން ތިބީ ލަވަޖަހާ އަތްޖަހަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ