ފުލުހުންނަށް މަރުގެ އިންޒާރު ދިން އެކަކު ކޯޓުން ދޫކޮށްލައިފި

މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު މާލޭގައި ފުލުހުންނަށް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކުރި އެކަކު ކޯޓުން ދޫކޮށްލައިފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ.އެ މީހުން ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރު 2:33 ހާއިރު އެވެ.
ފުލުހުން މިއަދު ވިދާޅުވީ، އެ މީހުން ހައްޔަރުކޮށްފައި ވަނީ، ފުލުހުންނަށް މަރުގެ އިންޒާރުދީ، ބިރު ދައްކައި އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކި މައްސަލައެއްގައި ކަމަށެވެ.
ފުލުހުން ވިދާޅުވީ، އެ ދެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެތަނުން އެކަކު ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އަނެއް މީހާގެ ބަންދަށް ހަތް ދުވަސް ކޯޓުން ޖަހާދީފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހޫގީގު ކުރަމުންނެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ