އަނެއްކާވެސް ހަ މީހަކު ޕޮޒިޓިވް ވެއްޖެ

އަނެއްކާވެސް ރާއްޖެއިން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ ޕޮޒިޓިވްވި ހަ މީހުންނަކީ، ފަސް ދިވެހިންނާއި ބަންގްލަދޭޝްގެ މީހެއް ކަމަށެވެ. މި ހަ މީހުންނާއެކު މިއަދު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12 އަށް އަރާފައެވެ.
އަދި މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 226 އަށް އަރާފައެވެ. މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، މާލެ ސަރަހައްދު މިވަގުތު އޮތީ 14 ދުވަހުގެ ލޮކްޑައުނެއްގައެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ރަށްތައް ވެސް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސް، ގިނަ ބައެއްގެ ސާމްޕަލްތައް ނެގުމަށް މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ