މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ.އިން ފެށިގެން ލ. އަތޮޅާއި ހިސާބަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އިން ފެށިގެން ލ. އަތޮޅާ ހިސާބަށް ޔެލޯ އެލާޓް ނެރެފިއެވެ. މުސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ މޫސުން ގޯސްވާނޭކަމަށް ލަފާކޮށް މިރޭ 22:00 އިން ދަންވަރު 1:00އާއި ހަމައަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ. މެޓް އޮފީހުން ބުނީ އެލާޓް ނެރެފައިވާ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަަށް ލަފާ ކުރެވޭ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވައިގަދަވެ ކަނޑުގަދަވާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން، ވަކިން ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. މިއަދަށް ލަފާކުރާ މޫސުން ރާއްޖޭގެ އެކިހިސާބަށް ގުގުރުމާ އެކު ވިއްސާރަކުރާނެ އުުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށިގެންވޭ. ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއް. އެކި ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާނެ ގަޑިތައް އުތުރުގެ ސަރަހައްދުތަކަށް މިއަދު 11:17 އަދި މިރޭ 22:17ގައި މެދުތެރޭގެ ސަރަހައްދުތަކަށް މިއަދު 12:04 އަދި މިރޭ 23:47ގައި ދެކުނުގެ ސަރަހައްދުތަކަށް މިއަދު 12:43 އަދި މާދަމާ 00:37ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ