ގާސިމްއާއި ފާރިސްގެ ހިތްވަރަށް ސާބަސް: އުމަރު ނަސީރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، ޕީޕީއެމްގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ހިތްވަރާއި، ކުރައްވަމުން ގެންދަވާ މަސައްކަތަށް ސާބަސް ރައްދުކުރައްވާކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު މިހެން ވިދާޅުވީ އެމަނިކްފާނު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
އުމަރު ވިދާޅުވީ ގާސިމް އިބްރާހިމާއި، ފާރިސް މައުމޫން އަދި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓް ކާމިޔާބުކުރުމަށް މަސައްކަތް ކުރައްވާ އެންމެހާ ބޭފުޅުންގެ ހިތްވަރަށް ސާބަސްދޭކަމަށެވެ.
އަދި މަސީހަށް ނޫނެކޭ ބުނުމަށް މަޖިލީހުގެ ހުރިހާ މެންބަރުނަށް ގޮވާލައްވާކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ