ކްރައިމް ޕްރިވެންޝަން ކޮމެޓީން މީޑިއާގެ ފަރާތްތަކާ ބައްދަލުކޮށް މައުލޫމާތުދީފި

ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކްރައިމް ޕްރިވެންޝަން ކޮމެޓީން މިހާރު ކުރިއަށް ގެންދާ ކަންތައްތަކާ ބެހޭ ގޮތުން ނޫސްވެރިންނާއި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކަށް މަޢުލޫމާތު ދީފި އެވެ.
މީހުން މެރުމާއި ތަފާތު ގޭންގުތައް ހަދައިގެން މުޖުތަމައުގެ ތެރޭގައި ހިންގަމުން ގެންދާ ކުށްތައް ހުއްޓުވުމަށް ރައީސް އުފެއްދެވި ނޭޝަނަލް ކްރައިމް ޕްރިވެންޝަން ކޮމިޓީގެ ފަރާތުން މީޑިއާތަކާ އެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި މުޖްތަމައުގައި ކުރިއަށްގެންދާ ތަފާތު ކުށްތައް ހުއްޓުވުމަށް މީޑިއާގެ ދައުރާ ބެހޭ ގޮތުން މަޝްވަރާކުރި އެވެ.
އަދި މިއަދު ރާއްޖޭގައި ކުށްކުރުން އިތުރުވެފައިވާ މިންވަރު އިތުރުވި ވަރާއި ކުށްތަކަށް މީހުން އަރައިގަންނަމުންދާ ސަބަބުތަކާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.
މީގެ އިތުރުން ވެސް ކުށްކުރުން މަދު ކުރުމަށް މާލެ އާއި އަތޮޅު ތެރޭގައި ހިންގުމަށް ރާވަފައިވާ ހަރަކާތްތަކާ ބެހޭ ގޮތުން ވެސް ވަނީ މީޑިއާ އަށް މަޢުލޫމާތު ދީފަ އެވެ. އަދި ރާއްޖޭގައި ކުށްކުރުމުގެ ހާލަތު އޮތް މިންވަރާއި އެކަންކަން ހައްލު ކުރުމުގައި ބައިވެރިވެވޭނެ ގޮތުގެ އިތުރުން ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ބެހޭ ގޮތުން ވެސް އެކޮމެޓީން ވަނީ މީޑިއާ އަށް މަޢުލޫމާތު ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ