ނައިބް ރައީސް، އޭދަފުށީ ރައްޔިތުންގެ ހާލު ބައްލަވައިފި

އޭދަފުށީގައި
ކޮވިޑް-19ގެ ހާލަތު ގޯސްވެ، އެ ބައްޔަށް ޕޮޒިޓިވާ މީހުން އިތުރުވަމުން އަންނާތީ
މިރަށުގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ނައިބް ރައިސް ފައިސަލް ނަސީމު އޮޅުންފިލުއްވައިފިއެވެ.
ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވީ މިރޭ ފޯނުން ގުޅުއްވައި
ނައިބް ރައީސް ފައިސަލް، އޭދަފުށިން ކޮވިޑަށް ޕޮޒިޓިވްވެ
ފަރުވާ ދެމުން އަންނަ މީހުންގެ ހާލު އޮޅުންފިލުއްވައި އެ މީހުންނަށް އަވަށް ޝިފާ
އަކަށް ރައީސް އެދިވަޑައިގެންނެވި ކަމަށެވެ.
އަދި ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ މި ދަތި ދަނޑިވަޅުގައި ވެސް، ބ.
އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންނާއި ރަށުގެ މުއައްސަސާތައް ގުޅިގެން ކުރަމުން
އަންނަ މަސައްކަތްތައް ފާހަގަކުރެއްވި ކަމަށްވެސް ރަޝީދު ވިދާޅުވި އެވެ.
ކޮރޯނާވައިރަސް އަށް
ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވެ، ރަށުގެ ހާލަތު ދަނީ
ގޯސްވަމުންނެވެ. މިހާ އަވަހަށް މިރަށް މި ހާލަތަށް ހިނގައިދާނެ ކަމަކަށް، މީގެ
ކުރިން ހީކުރެވިފައެއް ނުވެ އެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ރޭ
އާންމުކުރި ތަފާސްހިސާބުތައް ދައްކާ މިރަށުން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ
އަދަދު މިވަނީ 71 އަށް އަރައިފަ އެވެ.
މި ރަށުގެ ކަމާބެހޭ އިދާރާތަކާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރަމުން
އަންނަނީ ބަލި އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރާށެވެ. މި ރަށު އެންމެންގެ
މިހާރު އޮތީ އެ އުއްމީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ