ވީޑިއޯ: މިއީ ހަމަ ކޮންމެ ދިވެއްސަކު ރަޙުމާއެކު ބަލާލަން މަޖުބޫރު ވީޑިއޯއެއް!

މީ ކޮންމެ ދިވެއްސަކު ބަލާލަން މަޖުބޫރު ވީޑިއޯއެކެވެ! 
މިއީ މީގެކުރިން މިހާގާތުން ފެނިފައިނުވާ މަންޒަރުތަކެކެވެ. 20 ވަނަ ގަރުނުގެ ތަރައްގީއާއެކީ އަޅުގަނޑުމެން އުޅެމުންދާއިރު، އަޅުގަނޑުމެންފަދަ އެތައް ބައެއް އަޅުގަނޑުމެންނަށް ތަސައްވުރު ކޮށްނުލެވޭހާ ހާލުގައި އެބަ ދިރިއުޅެއެވެ. 
އައިއޭސީއިން މަސައްކަތް ކުރަނީ އެފަދަ ފަރާތްތަކުގެ ޙަބަރު ވީ އެންމެ ގާތުން ތިބޭފުޅުންނާއި ހަމަޔަށް ގެނެސްދީ، ތިޔަބޭފުޅުން ދޭން ބޭނުންވާ އެހީ އެބޭފުޅުންނާއި ހަމައަށް ފޯރުކޮށްދިނުމަށެވެ. 
އެތައް މިލިއަން މީހުން ދިރިއުޅޭ، ދުނިޔޭގެ އަޅާލުން ކުޑަ، ނައިޖާގެ ތުއްތު މައުސޫމް ކުދިންނާއެކީގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވުނު. الحمد لله 
އެކުދިން އުފާވާނެ ކަހަލަ މަޖާ ހަރަކާތްތަކެއްގައި އަޅުގަނޑުމެންގެ ޓީމްވަނީ ބައިވެރިވެފައި. 
މި ދަތުރުގައި ދިވެހީންގެ ފަރާތުން “ލޯތްބާއެކު 2021” އަށް ވެފައިވާ އެހީ ބެހުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުން.
ލޯތްބާއެކު ކެމްޕޭނަށް އެހީވުމުގެ ފުރުސަތުވަނީ ރަމަޟާންމަހުގެ ނިޔަލަށް ހުޅުވާލެވިފައި
ޕެކޭޖްގެ އަގަކީ 1125 ދިވެހި ރުފިޔާ
އެހެންނަމަވެސް ކޮންމެ ބޭފުޅެއްވެސް އެބޭފުޅަކަށް ވެވުނު މިންވަރަކުން ހަދިޔާކުރައްވައިގެން މި ކެމްޕޭނުގައި ބައިވެރިވެވޭނެ!
މި ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް ތިރީގައިވާ އެކައުންޓް ޚިޔާރުކުރައްވާ!
ބޭންކް: ބީއެމްއެލް އިސްލާމިކް 
އެކައުންޓް ނަމްބަރު: 7770000026259  (ރުފިޔާ އެކައުންޓް).
އިތުރު މަޢުލޫމާތު:
ހޮޓްލައިން : 9122121
ވައިބާ: 9122121
މި ވީޑިއޯގައި މިފެންނަނީ ހިތްކުދިކުދިވާފަދަ ނިކަމެތި ހާލުގައި ދުނިޔޭގައި ދިރިއުޅެމުންދާ ބައެކެވެ. އަޅުގަނޑުމެންގެ އެހީ އިންތިހާއަށް ބޭނުންވެފައިވާ ބައެކެވެ. 
ނޯޓް: ދަތިތަކާއި އެކު ވީޑިއޯ ނަގަން އުޅެންޖެހުމުން އެހެނިހެން އަޑުތައް ވީޑިއޯގައި އެކުލެވިފަިވާތީ މާފަށް އެދެން.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ