ކުޅުދުއްފުށި އިންޖީނުގެއިން ކަރަންޓް ކޭބަލެއް ވަގަށް ނެގި މައްސަލަ ޕީޖީއަށް ފޮނުވައިފި

ހދ. ކުޅުދުއްފުށީ އިންޖީނުގެއިން އިލެކްޓްރިކް ކޭބަލެއް ވަގަށް ނެގި މައްސަލައެއްގައި ހިމެނޭ ދެ މީހެއްގެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ބުނީ މިމައްސަލައިގަ ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ހދ.ކުޅުދުއްފުށި، ތޫރި، އިބްރާހީމް މުޙައްމަދު އާއި ކ.މާލެ، މ.ރަނިކަ، އާޝިޔާ ޙަލީމް ގެމައްޗަށެވެ. މިމައްސަލައަކީ 2012 ޖުލައި 26 ވަނަ ދުވަހުގެ 19:00 ހާއިރު ހދ. ކުޅުދުއްފުށީ އިންޖީނުގެއިން 40 ފޫޓްގެ 04 ކޯރ ގެ އިލެކްޓްރިކް ކޭބަލެއް ވަގަށް ނަގާފައިވާ މައްސަލައާއި ގުޅިގެން ދައުވާ ކުރާ މައްސަލައެކެވެ.
މިމައްސަލައިގަ ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ