ދޮޅުމަސް ވީއިރު ކޯޓުން ބެއިލްއާ މެދު ގޮތެއް ނުނިންމުމަކީ ކޮންކަހަލަ ހަމައެއްތޯ؟: ރައީސް ޔާމީން
ދޮޅުމަސް ވީއިރު ކޯޓުން ބެއިލްއާ މެދު ގޮތެއް ނުނިންމުމަކީ ކޮންކަހަލަ ހަމައެއް ކަމާމެދު ރައީސް އަބްދުﷲ ޔާމިްނ އަބްދުލްގައްޔޫމު ސުވާލުއުފައްދަވައިފިއެވެ.ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށްވެސް ތަފާތު ކުރުމެއް ނެތި ކަފާލާތުގެ ދަށުން ޖަލުން ނެރުމުގެ ފުރުސަތު ލިބުމަކީ އިންސާފުގެ ހަމަކަމަށް އެމަނިކުފާނު ވިދާޅުވިކަމަށެވެ.އަދި ހަމަ އެހެންމެ "ދޮޅުމަސް ވީއިރު ކޯޓުން ބެއިލްއާ މެދު ގޮތެއް ނުނިންމުމަކީ ކޮންކަހަލަ ހަމައެއް ކަމާމެދު ރައީސް ޔާމިން ސުވާލު އުފައްދަވާފައިވާކަމަށް ވެސް ޖަމީލުގެ ޓްވީޓުގައި ވަނީ ފާހަގަކުރައްވާފައެވެ.އަދި އެމނަިކުފާނަށް ޤާނޫނީ ޙައްޤު ކަށަވަރުކޮށްދީ، ލަސްނުކޮށް އިންސާފް ލިބުމަކީ ޖުޑީޝަރީ އިސްލާޙްވުން". ކަމުގައި ފާހަގަކުރައްވާ ޖަމީލުގައި ޓްވީޓުގައި ވިދާޅުވެފައިވަނީ އެއީ ރައީސް ޔާމީން ދެއްވި މެސެޖެއް ކަމަށެވެ.ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ.ޖަމީލް މިގޮތަށް ވިދާޅުވިއިރު، ކަފާލާތުގެ ދަށުން ރައީސް ޖަލުން ނެރުމަށް އެދި ހައިކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.އެމަނިކުފާނުގެ ވަކީލުންގެ ޓީމުގެ ފަރާތުން ހައިކޯޓަށް މި ހުށަހެޅި ހުށަހެޅުމަކީ އެމަނިކުފާނު މިނވަން ކުރުރމަށް އެދި ހުށަހެޅި ހުށަހެޅުމެއް ކަމަށް ރައީސް ޔާމީންގެ ވަކީލު އަލްއުސްތާޒު އަބްދުﷲ ޝިޔާޒު މީގެ ކުރިންވަނީ ވިދާޅުވެފައެވެ.ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދަޢުވާ ޘާބިތުވެ، 5 އަހަރުގެ މުއްދަތަކަށް ޖަލައިލައި، 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށް ނުހައްގުން ޙުކުމް ކޮށްފައިވަނީ، މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވީ، ގއ. ވޮޑަމުއްލާ ކިޔާ ފަޅު ރަށެއް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައެއްގައެވެ.އެ މައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުފާނުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ