ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެންގެވި ގޮތާ ހިލާފަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމަށް ވަކި ބޭފުޅަކު އައްޔަން ކުރަން ވޯޓު ދިން މައްސަލަ ފެންމަތިވެފައިވަނިކޮށް، "ޕާޓީގެ ކަންކަމުގައި" ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމާ ރައީސް މައުމޫން ބައްދަލު ކުރައްވައިފި އެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީގެ ކަންކަމުގައި ރައީސް ޔާމީނާ މަޝްވަރާ ކުރެއްވީ މިއަދު ކަމަށެވެ. އަދި ކުރިއަށް އޮތްތަކުގައި ޕީޕީއެމް ދާނީ ވަރުގަދަވަމުން ކަމަށް އެމަނިކުފާނުގެ ޓްވީޓުގައިވެ އެވެ.Discussed party matters with President Yameen today. Insha Allah PPM will go from strength to strength! pic.twitter.com/fKyi8CUlkS— Maumoon Abdul Gayoom (@maumoonagayoom) July 24, 2014
ޕާޓީގެ އެތެރޭގެ ކަންތައްތަކާ ގުޅޭ ގޮތުން ރައީސް މައުމޫނާއި ރައީސް ޔާމިން ބައްދަލު ކުރެއްވިއިރު، ޕީޖީގެ މަގާމަށް ރައީސް ޔާމިން މަޖިލީހަށް ފޮނުއްވެވި މައުމޫން ހަމީދަށް ވޯޓު ދެއްވުމަށް މައުމޫން ވަނީ އެ ޕާޓީގެ މެމްބަރުންނަށް ސިޓީއަކުން ދަންވާފަ އެވެ. ރައީސް މައުމޫން އެހެން އަންގަވާފައިވަނިކޮށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ވަނީ މައުމޫން އެންގެވި ގޮތާ ހިލާފަށް ތްރީލައިން ވިޕެއް ނެރެ، ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒު މުހުސިން ޕީޖީގެ މަގާމަށް އައްުޔަން ކުރަން ފާސްކޮށްފަ އެވެ.
ޕާޓީގެ ކަންކަމުގައި ރައީސް ޔާމީނާ މައުމޫން ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ