މައުމޫން ފައުންޑޭޝަނުން ހަތަރު ފަރާތަކަށް ސްކޮލާޝިޕް ދީފި

މަތީ ތަޢުލީމް ޙާޞިލްކުރުމުގެ ފުރުޞަތު ހަތަރު ދަރިވަރަކަށް މައުމޫން ފައުންޑޭޝަންގެ ފަރާތުން ހަމަޖައްސަވައި ދެއްވައިފިއެވެ.
އިއްޔެ މައުމޫން ފައުންޑޭޝަންގެ އޮފީހުގައި އޮތް ބައްދަލުވުމެއްގައި އެ ހަތަރު ދަރިވަރުންނަށް ސްކޮލަރޝިޕް އާއި ބެހޭ ލިއުން ޙަވާލު ކޮށްދެއްވީ މައުމޫން ފައުންޑޭޝަންގެ ޗެއަރމަން ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމެވެ.
އެ ދަރިވަރުންނާއި އެލިއުން ޙަވާލު ކޮށްދެއްވުމަށްފަހު އެދަރިވަރުންނަށް ރައީސް މައުމޫން ތަހްނިޔާ އަދާކުރައްވައި އެ ދަރިވަރުންނަށް ލިބުނު ފުރުޞަތު ފުރިހަމަގޮތުގައި ބޭނުންކުރުމަށް ނަޞޭހަތްތެރިވެ ވަޑައިގެންނެވި އެވެ. އަދި ކޯސް ފުރިހަމަ ކުރުމަށްފަހު އެނބުރި ރާއްޖެ އައިސް ޤައުމަށް ޚިދުމަތްކުރުމުގައި ދެމިހުރުމަށް ރައީސް މައުމޫން ވަނީ، އެ ދަރިވަރުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.
މި ސްކޮލަރޝިޕް ތަކުގައި ދިއުމަށް ހަމަޖެހިފައިވާ ދަރިވަރުންނާއި އެދަރިވަރުން ފުރިހަމަ ކުރުމަށް ހަމަޖެހިފައިވާ ކޯސްތަށް ތިރީގައި އެވަނީއެވެ.
1.އަޙްމަދު ފަރާޒް ލުޠުފީ ލިލީގަސްދޮށުގެ ސ.ފެދޫ، ބެޗަލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން
2.އަޙްމަދު ރާއިދު ރަހީފް ގ.ވައިޖެހޭގެއާގެ، ބެޗަލަރ އޮފް ކޮމްޕިއުޓަރ އެޕްލިކޭޝަން
3.ފާޠިމަތު ނާޒިޔާ ޒިޔާދު ގ.ގުރަހާގެ، ބެޗަލަރ އިން ބަޔޯޓެކްނޮލޮޖީ، ބަޔޯކެމިސްޓްރީ، ޖެނެޓިކްސް
4.ޝަފްނާ ޙުސައިން ޕްލޭޝް ބ.ފެހެންދޫ، ބެޗަލަރ އިން ޖަރނަލިޒަމް، ސައިކޮލޮޖީ، އިންގްލިޝް
މި ސްކޯލަރޝިޕްތައް ހަމަޖައްސަވައި ދެއްވަނީ މައުމޫން ފައުންޑޭޝަންގެ ބޯޑް އޮފް ޓްރަސްޓީޒްގެ މެންބަރު އަދި ބެންގަލޫރުގެ ގާރޑްން ސިޓީ ޓްރަސްޓްގެ ޗެއަރމަން އަދި ބެންގަލޫރުގައި ހުންނަވާ ރާއްޖޭގެ ކޮންސަލް ޑޮކްޓަރ ޖޯސެފް.ވީ.ޖޯޖް ކަމަށް، މައުމޫން ފައުންޑޭޝަނުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ