މައިލޯ އިންޓަ ސްކޫލް ކްރިކެޓް ލީގްގެ 16 އަހަރުން ދަށުގެ ޗެމްޕިއަންކަން މުޙްޔިއްދީން ސްކޫލް ހޯދައިފި އެވެ.
މުޙްޔިއްދީން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅިވަރު އެކުވެނި އެއް ނަންބަރު ދަނޑުގައި މިއަދު ކުޅުނު ފައިނަލް މެޗުގައި އިސްކަންދަރު ސްކޫލްގެ މައްޗަށް 70 ލަނޑުން ކުރި ހޯދައިގެންނެވެ.
މެޗުގެ ޓޮސް ދިމާވެގެން މުޙްޔިއްދީން ކުޅެން ގަސްތު ކޮށް، ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 131 ލަނޑެވެ. އިސްކަންދަރުން އެންމެ މޮޅަށް އުކާފައި ވަނީ ދެ ވިކެޓް ނެގި އަޒިޔަން އެވެ.
ޖަވާބުގައި އިސްކަންދަރު ސްކޫލުން ކުޅެން އަރައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ އެންމެ 61 ލަނޑެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މެޗުގައި އެންމެ ގިނަ ވިކެޓު ނެގި މުޙްޔިއްދީންގެ ރައްސާމް އެވެ.
މި މުބާރާތުގެ 14 އަހަރުންދަށުގެ ޗެމްޕިއަންކަން މުޙްޔިއްދީން ބަލިކޮށް ތާޖުއްދީން ސްކޫލުން ހޯދިއިރު، 12 އަހަރުންދަށުގެ ޗެމްޕިއަންކަން ބިލަބޮންގް ހައިސްކޫލް ބަލިކޮށް ހޯދާފައިވަނީ މުޙްޔިއްދީން ސްކޫލެވެ.
މައިލޯ އިންޓަ ސްކޫލް ކްރިކެޓް ލީގްގެ 16 އަހަރުން ދަށުގެ ޗެމްޕިއަންކަން މުޙްޔިއްދީން ސްކޫލް ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ