އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމާއި މެދު ފަޚުރުވެރިވަން : ރައީސް މައުމޫން
އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޑރ ޝަހީމާއި މެދު ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.ރައީސް މައުމޫން މިހެން ވިދާޅުވީ މިއަހަރު ރާއްޖެއިން ޙައްޖަށް ވަޑައިގެންނެވި ބޭފުޅުންނާއި އެކުގައި އެބޭފުޅުންގެ ކަންކަން ވަރަށް ގާތުން ބައްލަވައި އެބޭފުޅުންނަށް އިރުޝާދު ދެއްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ޢަމަލީ ގޮތުން ޙަރަކާތްތެރިވެ ވަޑައިގެންފައި ވާތީއެވެ.އެހެން ކަމުން ރައީސް މައުމޫން ވަނީ ޑރ ޝަހީމަށް ޝުކުރު އަދާކުރައްވާފައެވެ.މިއަހަރު ރާއްޖެއިން ޙައްޖަށް ވަޑައިގެންނެވި ބޭފުޅުންގެ ކަންކަން ބެއްލެވުމުގައި އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް ވަނީ ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެން ޙައްޖުވެރިންނަށް އިރުޝާދު ދެއްވުމުގައި އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ