ޙަރާމް ކަމަކަށް އަރައިނުގަނެ ގައުމީ ނުވަތަ އިޖްތިމާއީ މުނާސަބަތުތައް ފާހަގަ ކުރުން ހުއްދަ: މައުމޫން

ޙަރާމް ކަމަކަށް އަރައިނުގަނެ ގައުމީ ނުވަތަ އިޖްތިމާއީ މުނާސަބަތުތައް ފާހަގަ ކުރުން ހުއްދަ ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.ވެރިކަން ކުރާ ޕީޕީއެމްގެވެސް ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މާތްﷲ ހަރާމް ކުރައްވާފައިވާ ކަމަކަށް އަރައި ނުގަނެ، ގައުމީ ނުވަތަ އިޖްތިމާއީ މުނާސަބަތުތައް ފާހަގަ ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.Maaiy Allah haraam kuravvaafaivaa kamakah arai nugane Qawmee nuvatha ijthimaa'ee munaasabathu thah faahaga kurumakee massalaeh noon.— Maumoon Abdul Gayoom (@maumoonagayoom) December 31, 2014މީގެއިތުރުން ރައީސް މައުމޫން ވިދާޅުވެފައި ވަނީ މެހެމާނުންނަށް ކަމޭހިތައި، އެ މީހުންނަށް ރައްކާތެރިކަން ޔަގީންކޮށް ދިނުމަކީ އިސްލާމީ މަތިވެރި އުސޫލެއް ކަމަށެވެ.Mehmaanunnah kamey hithaamai ebai meehunge salaamathaai rakkaa therikan yageen koh dhinumakee Islaamee mathiveri usooleh.— Maumoon Abdul Gayoom (@maumoonagayoom) December 31, 2014Islam teaches us to respect all visitors n to ensure their safety n peace of mind while among us.— Maumoon Abdul Gayoom (@maumoonagayoom) December 31, 2014ރައީސް މައުމޫން މިފަދަ ޓްވީޓް ތަކެއް ކުރެއްވީ ރޭ މީލާދީ އާއަހަރު ފުރުމާއި ވިދިގެން ރޭ މާލޭގައި ބޭއްވި މިޔުޒިކް ޝޯވ ބޭއްވުމާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވާ، އެއީ ރަނގަޅު ކަމެއް ނޫންކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރާއި ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިން ތަކަކާއި ދީނީ ބައެއް ޖަމިއްޔާ ޖަމާޢަތް ތަކުން ޝުޢޫރު ފާޅުކޮށްފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ